އެމްޑީޕީ ޗެއާޕާސަން ިއންތިޚާބުގައި މިހާތަނަށް ދަތުރު ކުރެވުނު 115 ރަށުން އިވުނު އަޑަކީ އެމްޑީޕީ، ނުހިނގާކަމުގެ ވާހަތައް ކަމަށާއި، ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކޮށް މިކަންބޮޑުވުންތަކަށް ހައްލު ގެންނަވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޟު މިހެން ވިދާޅުވީ ކެމްޕެއިންގައި މިއަދު ކ.ހިންމަފުއްޓަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކޮށް ދެއްކި ވާހަކައިގައެވެ. އެމްޑީޕީ ހިންގާލަން ޖެހޭކަމަށް ފައްޔާޟު ވިދާޅުވެފައި މިވަނީ ސިޔާސީ ޕާޓިއެއްގެ ގޮތުގައި މިހާތަނަށް އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ "ހިންގާލައިގެން" ލިބުނު ކާމިޔާބީކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީ ޗެއަރޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލާއި އެމަނިކުފާނުގެ ޓީމަށް ރައްދު ދެއްވައިފައިވާ ދަނޑިވަޅެއްގައެވެ.
ފައްޔާޟު ވިދާޅުވީ، އެމްޑީޕީގެ އާންމު މެމްބަރުންނަށް ޕާޓީން ކުރާ ކަމެއް، ހިންގާ ކަމެއް ނޭގޭކަމުގެ ޝަކުވާއަކީ 115 ރަށުން ވެސް އިވުނު ޝަކުވާކަމަށެވެ. އެންމެ ބޮޑު ކަންބޮޑުވުންތަކެއްގެ ގޮތުގައި ފާހަގަކުރީ އެމްޑީޕީގެ ރަށްރަށުގެ ގޮފިތަކާއި، ޖަގަހަތައް ނުހިނގާކަމުގެ ޝަކުވާކަމަށެވެ. މިކަންކަން ބަދަލު ކުރެވޭނީ އެމްޑީޕީ ހިންގާލެވިގެން ކަމަށާއި، ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކޮށް އެމްޑީޕީ ހިންގާލާނެކަމަށް ފައްޔާޟު ވިދާޅުވިއެވެ.
115 ރަށަކަށް ދަތުރު ކުރެވުނު އިރު މި އިވޭ ކަންބޮޑުވުމަކީ ޖަގަހަ ތަށް، ޕާރޓީގެ ހަރަކާތްތަކެއް ނުހިނގައޭ، ޕާރޓީގެ ހަރަކާތްތައް ހިންގަން އެއްވެސް އެހީތެރިކަމެއް ނުލިބޭ ވާހަކަ. އަޅުގަނޑުމެން މިއުޅެނީ އެކަން ކަން ބަދަލުކޮށް ހިންގާލަން ނިކުމެ.
– ފައްޔާޟު ވިދާޅުވިއެވެ.
115 ރަށަކަށް ދަތުރު ކުރެވުނު އިރު މި އިވޭ ކަންބޮޑުވުމަކީ ޖަގަހަ ތަށް، ޕާރޓީގެ ހަރަކާތްތަކެއް ނުހިނގައޭ ، ޕާރޓީގެ ހަރަކާތް ތަށް ހިންގަން އެއްވެސް އެހީތެރިކަމެއް ނުލިބޭ ވާހަކަ. އަޅުގަނޑުމެން މިއުޅެނީ އެކަން ކަން ބަދަލުކޮށް ހިންގާލަން ނިކުމެ- @faya_i ✌️#MDPhingaalan #Faya4CP pic.twitter.com/Inwk3rGVll
— Azmeen (@Azmeen_87) April 10, 2022
އެމްޑީޕީ ނުހިނގާކަމުގެ ޝަކުތާކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ހިންގުމުގެ އެންމެ މައިގަނޑު ނިޒާމަކީ އެތެރޭގެ އިންތިހާބުތައް ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ ހިންގުން އަމާޒުވާން ޖެހޭނީ އިންތިހާބު ކާމިޔާބު ކުރުމުގެ މައްޗަށް ކަމަށް ވާ އިރު އެކަމުގައި އެމްޑީޕީ ނުހިންގިފައި ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަތަކުގައި އަތޮޅުތެރޭގެ އެމްޑީޕީ އޮތް ހާލަތެއް، އެމްޑީޕީގެ އާންމު މެމްބަރުން ތިބި ހާލަތަކަށް އެއްވެސް ވަރަކަށް އަލި އަޅުވާލާފައި ނުވެއެވެ. އަދި ޚާއްސަކޮށް ޕާޓީ ޖަގަހަތަކާއި، ގޮފިތައް އޮތް ހާލަތާއި ގުޅޭގޮތުން އެއްވެސް ވަރަކަށް ރައީސް ނަޝީދު ވާހަކާގައި ބަލާލައި ނުވެއެވެ.
ކޮމެންޓު ފޮނުވާ