ރޭތައް އިޙްޔާކުރުމަށް ޕީޕީއެމުން ބާއްވާ ޖަލްސާ މިރޭ

ރޭތައް އިޙްޔާކުރުމަށް ޕީޕީއެމުން ބާއްވާ ޖަލްސާ މިރޭ

Author
މުޙައްމަދު ޖިމީ
09 އޭޕްރިލް 2022 11:57
0

ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް އިދިކޮޅު ޕީޕީއެމުން ބާއްވާ ޖަލްސާ މިރޭ ބައްވަން ނިންމައިފިއެވެ.

ޕީޕީއެމުން ބުނީ ރޭތައް އިޙްޔާކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ 22:00ގައި ޕީޕީއެމް އޮފީހުގައިކަމަށެވެ. ކީރިތި ޤުރުއާނާ މުސްލިމުންގެ ދިރިއުޅުމުގެ މަޢުޟޫއަށް ބާއްވާ މި ޖަލްސާގައި ދީނީ ދަރުސް ދެއްވާނީ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ޕީޕީއެމްގެ އެޑްވައިޒަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

މި ޖަލްސާ ޕީޕީއެމް އޮފީހުގައި ބާއްވަން ނިންމާފައިމިވަނީ ޕީޕީއެމުން ދަރުހެއް ބާއްވަން އެދުމުން މިސްކިތުގައި ނުބޭއްވޭނެކަމަށް އިސްލާމިކް މިނިސްޓްރީން އެންގުމާއި ގުޅިގެންނެވެ.

ނަމަވެސް އަދާލަތު ޕާޓީގެ ލޯގޯ ޖަހައިގެން މަސްޖިދު ޝަހީދު ޢަލީގައި ދަރުސް ދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިކަމާއިި ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.