ބަޖެޓްގެ ދަތިކަމާ ހެދި މިސްކިތްތަށް އެންމެ ފުރިހަމަ ގޮތުގައި އަބާތުރަ ނުފިލުވޭ: މުއިއްޒު

ބަޖެޓްގެ ދަތިކަމާ ހެދި މިސްކިތްތަށް އެންމެ ފުރިހަމަ ގޮތުގައި އަބާތުރަ ނުފިލުވޭ: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
05 އޭޕްރިލް 2022 09:17
0

އެކަށީގެންވާ ބަޖެޓެއް ނެތުމުގެ ސަބަބުން މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށްޓައި ކުރަން ހުރި ގިނަ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވޭކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު ވިދާޅުވީ ރޯދަމަހުގެ ކަންތައްތައް އިންތިޒާމުކުރުމުގައި ސިޓީ ކައުންސިލުން ކުރެވެން ހުރި މަސައްކަތްތައް ކުރަމުންގެންދަނީ ގިނަ ގޮންޖެހުންތަކަކާއެކު ކަމަށާއި ރޯދަމަހާ ދިމާކޮށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ބޭނުންވި ނަމަވެސް އެކަށިގެންވާ ބަޖެޓެއް ނެތުމުގެ ސަބަބުން އެ މަސައްކަތް ކުރަން އެންމެ ބޭނުންވި ގޮތަށް ނުކުރެވުނުކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ އެއް އަމާޒު ކަމުގައިވާ ޗާލު މާލޭ ސިޓީގެ ވެސް އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތްތަށް އާބާތުރަ ފިލުވުމަށް ސަރުކާރުން ފުރަތަމަ ހަމަޖައްސައިދީފައިވަނީ އެންމެ 1 މިލިއަން ރުފިޔާކަން މޭޔަރު ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެންނަމަވެސް މާލޭގެ 43 މިސްކިތް އާބާތުރަ ފިލުވުމަށްޓަކައި ގާތްގަނޑަކަށް 13 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މޭޔަރު ވަނީ އަންދާޒާކުރައްވާފައެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މިސްކިތްތަކުގެ މަރާމާތަށް އާންމު ފަރާތްތަކުން ވަރަށް ގިނައިން އެހީ އަންނަ ކަމަށާއި އެފަދަ ފަރާތްތަކުގެ ދީލަތި އެހީއާއެކު ވަރަށް ގިނަ މިސްކިތްތަކެއްގައި މިވަގުތުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި ރޯދައަށް ފަހު ވެސް މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.