ރަންބީރުގެ ލޯބިވެރިންގެ ލިސްޓް

ރަންބީރުގެ ލޯބިވެރިންގެ ލިސްޓް

ބޮލީވުޑްގެ އެކްޓަރ ރަންބީރު ކަޕޫރަކީ ގިނަ އަންހެން ކުދިންގެ ހިތްތަކުގެ ރާޖާއެވެ. ރަންބީރު ކަމުގޮސް އޭނާދެކެ ލޯބިވެގެން އުޅޭ ކިތަންމެ އަންހެން ކުއްޖަކު ރާއްޖޭގައިވެސް އުޅެއެވެ.

ރަންބީރަކީ ރީތި ފިރިހެނެއް ކަމަށް ބުނާ މީހުން ވަރަށް ގިނައެވެ. އެހެން ކަމުން ރަންބީރާއި ލޯބީގެ ގޮތުން ގުޅެން ތައްޔާރަށް ތިބޭ މީހުން މަދެއް ނޫނެވެ. އެއީ ބޮލީވުޑްގެ ތަރިން ކަމުގައިވިޔަސް އެވެ. އެގޮތުން ރަންބީރާއި ލޯބީގެ ގޮތުން ގުޅުނުކަމަށް ބުނާ ދަންނަ މޫނުތަކުގެ ލިސްޓުގައި 11 ނަމެއް އެބައޮތެވެ. ނަމަވެސް މިއަދު މި ބަލާލަނީ އެތަނުން ބައެއް ނަންތަކަށެވެ.

1 އަވަންތިކާ މާލިކް

އަވަންތިކާ މާލިކަކީ ރަންބީރު ކެމެރާގެ ކުރިމަތިން ފެނުމުގެ ކުރިން ލޯބީގެ ގުޅުމެއް ބޭވި މީހެެކެވެ. އެއީ އިމްރާން ޚާންގެ އަންހެނުންނެވެ. ނަމަވެސް އިމްރާން ޚާން އައި އަވަންތިކާގެ ކައިވެނި މިހާރު ވަނީ ރޫޅިފައެވެ. އެ ކައިވެނި ރޫޅުނު ނަމަވެސް އެ ދެމީހުންނަށް ވަނީ އަންހެން ކުއްޖަކު ލިބިފައެވެ. ރަންބީރާއި އަވަންތިކާ ދިމާވީ އެމީހުންގެ ޓީނޭޖް އުމުރުގައެވެ. ނަމަވެސް އެ ގުޅުން ކައިވެންޏަކާއި ހަަމައަށް ނުގޮސް ދެމީހުން ގެ ގުޅުން ނިމުމަކަށް އައީއެވެ.

2 ޕްރިޔަންކާ ޗޯޕްރާ

ލޯބީގެ ފިލްމެއް ކަމުގައިވާ "އަންޖާނާ އަންޖާނީ" ކުޅުން ދުވަސްވަރުގައި ރަންބީރާއި ޕްރިޔަންކާ ޗޯޕްރާއާއި ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުންކަމުގައި އޭރު އަޑު އެރިއެވެ. މިފިލްމުގައި މި ދެތަރިންގެ ރޮމޭންޓިކް ގައިގޯޅި މަންޒަރުތަކެއް ވެސް ހިމެނެއެވެ. އަދި ހަމަ އޭއާއެކު މި ދެތަރިންގެ ފޭނުން ގަބޫލު ކުރި ގޮތުގައި އޮން ސްކްރީންގެ އިތުރުން އޮފް ސްކްރީންގައި ވެސް މި ދެތަރިންނަކީ ވަރަށްގުޅޭ ލޯބި ޖޯޑެކެވެ. ނަމަވެސް މި ގުޅުންވެސް މާ ގިނަ ދުވަހަކު ދެމިއެއް ނޯތެވެ.

3 ސޯނަމް ކަޕޫރު

ސޯނަމް ކަޕުރު އަދި ރަންބީރު ކަޕޫރުގެ ފުރަތަމަ ފިލްމަކީ "ސާވަރިޔާ" އެވެ. އެ ފިލްމު ކުޅުނު ދުވަސްވަރު ރަންބީރު އަދި ސޯނަމް ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް އަޑުތައް އެރިއެވެ. ނަމަަވެސް މި ދެމީހުގެ ލޯބީގެ ގުޅުން ފެށިފައި ވަނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ބްލެކް" ގެ އެސިސްޓެންޓް ޑައިރެކްޓަރަކަށް ދެމީހުން އުޅުނު އިރުގައި ކަމުގައި ޚަބަރުތައް ބުނެއެވެ. ސޯނަމް ވަނީ ކޮފީ ވިތު ކަރަން ގައި އެވާހަކަތަށް ތިލަ ކޮށްފައެވެ. ބުނެވޭ ގޮތުގައި ރަންބީރު ސޯނަމް އާއި ރުޅިވީ ދީޕިކާ ފެނިގެންނެވެ.

4 ދީޕިކާ ޕަޑުކޯން

ދީޕިކާ ޕަޑުކޯން އާއި ރަންބީރު ކަޕޫރުގެ ލޯބީގެ ގުޅުމަކީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ދިޔަ ގުޅުމެކެވެ. މީޑިއާ އިންޓަވިއު ތަކުގައިވެސް އެކަކު އަނެއްކަކާއި މެދުގައި އޮތް ގުޅުމުގެ ވާހަކަ ދިއައީ ތިލަކުރަމުންނެވެ. އަދި ހަމަ އެއާއި އެކުގައި މި ޖޯޑުވަނީ ރީތި ފިލްމު ތަކެއް ކުޅެ ބެލުންތެރިންގެ ހިތް އަތުލާފައެވެ. ފޭނުން ގަބޫލު ކުރި ގޮތުގައި މިއީ ވަރަށް ގުޅޭ ޖޯޑެކެެވެ. މި ދެތަރިންގެ ވަކިވެ ދިއުންމުން ގިނަ ފޭނުންނަށް ވީ ވަރަށް ހިތާމަވެރި ޚަބަރަކަށެވެ. ދީޕިކާ މީގެ ކުރިން ބުނެފައިވާ ގޮތުގައި މި ގުޅުމުގައި ބޭވަފާ ތެރިއަކީ ރަންބީރު ކަޕޫރެވެ. ހަމަ އެއާއި އެކުގައި ރަންބީރު ކަޕޫރު ވަނީ އެކަމަށް އެއްބަސް ވެސް ވެފައެވެ.

5 ކެޓްރީނާ ކައިފް

މި ނަމަމަކީ ދީޕިކާ ޕަޑުކޯން އަދި ރަންބީރުގެ ގުޅުމުގައި ސިއްކަ ޖެހުނު ސަބަބެވެ. ރަންބީރާއި ކެޓްރީނާ ބައަދަލުވީ އެދެމީހުން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "އަޖަބް ޕްރޭމްކީ ގަޒަބް ކަހާނީ" ގެ ސެޓުންނެވެ. އެއާއެކުގައި ދެމީހުގެ މެދުގައި ރަހުމަތްތެރި ކަމަށް ވުރެ ގާތް ގުޅުމެއް އުފެދި ދެމީހުން ލޯބިވެރިންނަށް ވިއެވެ. އެ ދެމީހުންގެ ކައިވެނީގެ ޚަބަރުތަކެއް ވެސް ދޭތެރެއަކުން އިވިގެން ދިޔައެވެ. ނަމަވެސް މި ގުޅުންވެސް ކައިވެންޏަކާއި ހަމައަށް ނުގޮސް ނިމުނީއެވެ. ކެޓްރީނާ ބުނި ގޮތުގައި ރަންބީރުގެ ހިތް އެހެން ފަރާތަކަށް ދީލާލީއެވެ.

6 ނަރްގިސް ފަހުރީ

މި ދެތަރިން ބައްދަލުވީ ފިލްމު "ރޮކްސްޓަރ" ގެ ސެޓުންނެވެ. މި ފިލްމުގައި މި ދެތަރިން ދެއްކި ކެމިސްޓްރީ ގިނަބަޔަކަށް ވަރަށް ކަމުދިޔައެވެ. ނަމަވެސް މި ގުޅުން ވެސް މާގިނަ ދުވަހަކަށް ދެމިއެއް ނޯތެވެ. މިފަހަރުގެ ގުޅުމުގައި ބޭވަފާތެރިއަކީ ނަގްރިސްއެވެ. ނަރްގިސް ވަނީ އުދޭ ޗޯޕްރާއާ ލޯބީގެ ގުޅުމުން ގުޅިފައެވެ.

7 އެންޖެލާ ޖޯންސަން

އެންޖެލާ އާއި ރަންބީރާއި ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުނު ކަމަށް ބުނަން ފެށީ މި ދެމީހުން 2011 ވަނަ އަހަރު އެކުގައި ފެނުމާއި ގުޅިގެންނެވެ. އެންޖެލާއަކީ މޮޑެލް އެކެވެ. ނަމަވެސް މި ދެމީހުންވެސް މި ވާހަކަތައް ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ބަދަލުގައި މި ގުޅުމާ ބޭހެގޮތުން ކުރި ސުވަލަކަށް ޖަވާބުދެމުން ރަންބީރު ބުނީ އަންހެން ކުއްޖަކާއި އެކު ފެނިއްޖެ ކަމަށް ވަންޏާ އެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތްކަމަށް ބުނެ ވާހަކަ ފަތުރާކަމަށެވެ.

8 މާހިރާ ޚާން

ޕާކިސްތާނުގެ މަޝްހޫރު ބަތަލާ މާހިރާ ޚާނާއި ރަންބީރު ކަޕޫރާ ދެމެދުގައި ހާއްސަ ގުޅުމެއް އުފެދު އަޑުތަކެއް އެރިއެވެ. އަދި މި ދެތަރިން އެކުގައި ސިނގިރޭޓްބޯ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ލީކުވިއެވެ. އެއީ މި ދެތަރިންގެ މެދުގައި އޮތް ގުޅުމުގެ ގާތްކަން ހާމަވެގެން ދިއަ ފޮޓޯތަކެކެވެ. މީގެ އިތުރުން ގުލޯބަލް ޓީޗާސް ޕްރައިޒް ސެރެމަނީގައި މި ދެތަރިން އުޅުނީ ލޯބިވެރިން އުޅޭގޮތަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

9 އާލިއާ ބަޓް

މިހާރު އުމުރުން 38 އަހަރުގެ ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އޭނާއަށް ވުރެ 10 އަހަރު ހަގު ފިލްމީ ބަތަލާ އާލިއާ ބަޓާއެވެ. މި ދެތަރިން ލޯބީގެ ގޮތުން ގުޅިފައިވަނީ 2018 ވަނަ އަހަރުއެވެ. މި ދެތަރިން އަދި ސްކުރީނުން ފެނިގެން ނުދިއަ ނަމަވެސް ދެތަރިން އެކުގައި ކުޅޭ ފިލްމެއް ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް އާންނެއެވެ. އެއީ "ބްރަމަސްތުރާ" އެއެވެ. ދެމީހުންގެ ލޯބީގެ ފެށުމަކީ ވެސް މި ފިލްމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *