الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد:
ކޮންމެ ވަގުތެއްގައި ވެސް ދުޢާ ކުރެވިދާނެއެވެ. ނަމަވެސް ދުޢާ މުސްތަޖާބު ވަގުތު ތަކެއް ހުރެއެވެ. އޭގެ ތެރެއިން ބައެއް ބަޔާން ކުރެވޭތޯ ބަލާނަމެވެ. وباللهالتوفيق.
1. ލައިލަތުލް ގަދްރި ވިލޭރޭ،فَقَدْوَرَدَعَنِالنَّبِيِّصَلَّىاللهُعَلَيْهِوَسَلَّمَأَنَّهُقَالَلِعَائِشَةَلَمَّاقَالَتْلَهُ : أَرَأَيْتَإِنْعَلِمْتُأَيُّلَيْلَةٍلَيْلَةُالْقَدْرِ ، مَاأَقُوْلُفِيْهَا ؟ قَالَ : قُوْلِيْ " اَللَّهُمَّإِنَّكَعَفُوٌّتُحِبُّالْعَفْوَفَاعْفُعَنِّيْ"، ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުން ސުވާލު ދެންނެވިއެވެ. ލައިލަތުލް ގަދްރި ވިލޭރެ އާއި ބައްދަލު ވެއްޖެނަމަ ކިޔަންވީ ކޮން ދުޢާ އެއްތޯއެވެ؟ ޙދީޘް ކުރެއްވިއެވެ. ވިދާޅުވާށެވެ. "اَللَّهُمَّإِنَّكَعَفُوُّتُحِبُّالْعَفْوَفَاعْفُعَنِّيْ". މާނައަކީ:"ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ހަމަކަށަވަރުން އިބައިލާހީ ޢަފޫކުރެއްވުމަށް ލޯބިކުރައްވާ ޢަފޫވަންތަ އިލާހެވެ. މިއަޅާގެ ކުށްފާފަތައް މާފްކޮށްދެއްވާފާންދޭވެ".
2. ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން،"يَنْزِلُرَبُّنَاكُلَّلَيْلَةٍإِلَىالسَّمَاءِالدُّنْيَا، حِيْنَيَبْقَىثُلُثُاللَّيْلِالْأَخِيْرِ، فَيَقُوْلُ: مَنْيَّدْعُوْنِيْفَأَسْتَجِيْبَلَهُ، مَنْيَّسْأَلُنِيْفَأُعْطِيَهُ، مَنْيَّسْتَغْفِرُنِيْفَأَغْفِرَلَهُ، حَتَّىيَطْلُعَالْفَجْرُ" މާނައަކީ: "ކޮންމެ ރެއެއްގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ފައިބައިވަޑައިގެން ބަސްވަޙީ ކުރައްވާނެއެވެ. "ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާނަމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ. އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ފާފަ ފުއްސެވުން އެދި ތިމަން ﷲ ގެ ޙަޟްރަތަށް ދަންނަވަނީ ކާކުތޯއެވެ. އެމީހެއްގެ ފާފަ ފުއްސަވައި ދެއްވާނަމެވެ، އެގޮތުގައި ފަތިސްވަންދެން ދެމި ހުންނަވައެވެ".
3. ފަރްޟުނަމާދު ތަކަށްފަހުގައި،عَنْأَبِيْأُمَامَةَ " قِيْلَيَارَسُوْلَاللهِأَيُّالدُّعَاءِأَسْمَعُ؟ قَالَجَوْفُاللَّيْلِالْآخِرِ ، وَدُبُرَالصَّلَوَاتِالْمَكْتُوْبَاتِ" މާނައަކީ: އަބޫއުމާމާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވުނެވެ. "ﷲ ގެ ޙަޟްރަތުގައި އެނެްމެ އައްސަވާވޮޑިގަތުން ބޮޑީ ކޮންގަޑިއެއްގައި ކުރާ ދުޢާ އެއް ތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. " ރޭގަނޑުގެ ފަހުބައިގައްޔާއި، ފަރުޟު ނަމާދު ތަކަށްފަހުގައި ކުރާ ދުޢާ އެވެ".
4. ފަރްޟު ނަމާދުތަކަށް ބަންގި ގޮވާ ގަޑި،އަދި ހަނގުރާމައިގެ މައިދާނުގައި ލަޝްކަރު ބައްދަލުވާ ގަޑި،"ثِنْتَانِلَاتُرَدَّانِ ، أَوْقَلَّمَاتُرَدَّانِ، الدُّعَاءُعِنْدَالنِّدَاءِوَعِنْدَالْبَأْسِحِيْنَيَلْحَمُبَعْضُهُمْبَعْضًا" "މާނައަކީ: ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. "ދެކަމެއް ރައްދުކުރެވިގެން ނުވެއެވެ. ނުވަތަ މަދުން ނޫނީ ރައްދު ނުކުރެވެއެވެ. ބަންގިގޮވާ ގަޑީގައި ކުރާ ދުޢާ އާއި ލަޝްކަރުބައްދަލުވާ ގަޑީގައި ކުރާ ދުޢާ އެވެ".
5. ވާރޭވެހޭ ގަޑީ ގައި ކުރާ ދުޢާ، "ثِنْتَانِمَاتُرَدَّانِ : ( اَلدُّعَاءُعِنْدَالنِّدَاءِوَتَحْتَالْمَطَرِ ( ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. "ދެކަމެއް ރައްދުކުރެވިގެން ނުވެއެވެ. ބަންގިގޮވާ ގަޑީގައި ކުރާ ދުޢާ އާއި ވާރޭވެހޭ ގަޑީގައި ކުރާ ދުޢާ އެވެ".
6. ރޭގަނޑުގެ ކޮންމެވެސް ވަގުތެއް، "إِنَّفِيْاللَّيْلِسَاعَةًلَّايُوَافِقُهَامُسْلِمٌيَّسْأَلُخَيْرًامِّنْأَمْرِالدُّنْيَاوَالْآخِرَةِإِلَّاأَعْطَاهُإِيَّاهُوَذَلِكَكُلَّلَيْلَةٍ" މާނައަކީ: "ރޭގަނޑުގައި ވަގުތެއްވެއެވެ. ދުނިޔެ އާއި އާޚީރަތުގެ ހެވަށްއެދި މުސްލިމަކު އެވަގުތުގައި ދަންނަވައިފިނަމަ މާތް ﷲ އެކަމެއް ދެއްވާނެއެވެ. އެގޮތުގައި ކޮންމެ ރެެއަކުވެސް ވޮޑިގެންވެއެވެ". މާނައަކީ ކޮންމެ ރެއަކުވެސް އެވަގުތު ކޮޅެއްވެއެވެ.
7. ހުކުރު ދުވަހުގެ ވަގުތުކޮޅެއް، فَقَدْذَكَرَرَسُوْلُاللهِصَلَّىاللهُعَلَيْهِوَسَلَّمَيَوْمَالْجُمُعَةِفَقَالَ : "فِيْهِسَاعَةٌلَّايُوَافِقُهَاعَبْدٌمُّسْلِمٌقَائِمٌيُّصَلِّيْيَسْأَلُاللهَتَعَالَىشَيْئًاإِلَّاأَعْطَاهُإِيَّاهُ". މާނައަކީ: ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހުކުރު ދުވަހާއި ގުޅޭ ގޮތުން ޙަދީޘް ކުރެއްވިއެވެ. "އެދުވަހުގައި ވަގުތުކޮޅެއްވެއެވެ. އެވަގުތުގައި މުސްލިމަކު ތެދުވެހުރެ ކަމަކަށް އެދި މާތްﷲ އަށް ދުޢާކޮށްފިނަމަ އެކަމެއް ފުއްދަވައިދެއްވާނެއެވެ". ދެންެއެކަލޭގެފާނުގެ އިގިލިކޮޅުން އެވަގުތުކޮޅުގެ ކުރުކަމަށް އިޝާރާތް ކުރެއްވިއެވެ.
8. ޒަމްޒަމް ފެންބޯގަޑީގައި، " مَاءُزَمْزَمْلِمَاشُرِبَلَهُ " މާނައަކީ: "ޒަމްޒަމް ފެންވަނީ އެބުއި ކަމަކަށެވެ". މާނައަކީ ޒަމްޒަަމް ފެންބޮމުން އެދުނު ކަމެއް ފުއްދަވައި ދެއްވާނެއެވެ.
9. ސަޖިދާގައި އޮންނަ ވަގުތު، "أَقْرَبُمَايَكُوْنُالْعَبْدُمِنْرَّبِّهِوَهُوَسَاجِدٌفَأَكْثِرُوْاالدُّعَاءَ "މާނައަކީ: "އަޅާ އާއި ﷲ އެންމެ ކުއްތަންވާނީ ސަޖިދާގައި އޮންނަ ވަގުތުގައެވެ. އެވަގުތުގައި ދުޢާ ކުރުން ގިނަކުރާށެވެ".
ނޯޓް: ނަމާދު ތެރޭގައި ސަޖިދާގައި ދުޢާ ކުރާނަމަ ކުރަންވާނީ ޢަރަބި ބަހުންނެވެ. ހަމައެހެންމެ، ފަރްޟު ނަމާދެއްގައި ވާރިދު ދުޢާ އެއް ނޫން ދުޢާ އެއް ނުކިޔޭނެއެވެ. ނަމަވެސް ސުންނަތް ނަމާދެއް ނަމަ ސަޖިދާގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރު ކިޔާ ނިމުމަށްފަހުގައި ބޭނުން ދުޢާ އެއް ކުރެވިދާނެއެވެ. އެހެންނަމަވެސް ޢަރަބި ބަހުންނެވެ.
- ސަޖިދާގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާތައް ހިމަނައިލާނަމެވެ.
- سُبْحَانَرَبِّيَالْأَعْلَى (ތިން ފަހަރު)
- سُبْحَانَكَاَلَّلهُمَّرَبَّنَاوَبِحَمْدِكَ، اَلَّلهُمَّاغْفِرْلِيْ
- سُبُّوْحٌقُدُّوْسٌرَّبُّالْمَلَائِكَةِوَالرُّوْحِ
- اَللَّهُمَّلَكَسَجَدْتُّ، وَبِكَآمَنْتُ، وَلَكَأَسْلَمْتُ، سَجَدَوَجْهِيْلِلَّذِيْخَلَقَهُ، وَصَوَّرَهُ، وَشَقَّسَمْعَهُوَبَصَرَهُ، تَبَارَكَاللهُأَحْسَنُالْخَاِلِقِيْنَ
- سُبْحَانَذِيْالْجَبَرُوْتِوَالْمَلَكُوْتِوَاْلكِبْرِيَاءِوَالْعَظَمَةِ
- اَللَّهُمَّاغْفِرْلِيْذَنْبِيْكُلَّهُ، دِقَّهُوَجِلَّهُ، وَأَوَّلَهُوَآخِرَهُوَعَلَانِيَّتَهُوَسِرَّهُ
10. ހެނދުނު ހާ ގޮވާގަޑި، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ." إِذَاسَمِعْتُمْصِيَاحَالدِّيْكَةِفَاسْأَلُوْااللهَمِنْفَضْلِهِ ، فَإِنَّهَارَأَتْمَلَكًا "މާނައަކީ: "ތިޔަބައިމީހުންނަށް ހާ ގޮވާއަޑު އިވިއްޖެނަމަ އޭގެ މާތްކަން ލިބިގަތުމަށް ދުޢާކުރާާށެވެ. ހަމަކަށަވަރުން އެތަކެތި އެގޮވަނީ މަލާއިކަތަކު ފެނިގެންނެވެ".
"لَاإِلَهَإِلَّاأَنْتَسُبْحَانَكَإِنِّيْكُنْتُمِنَالظَّالِمِيْنَ"، މާނައަކީ "ޙައްގުވެގެން އަޅުކަންވެވޭފަރާތެއް ﷲ މެނުވީ ނުވެއެވެ. އިބަ ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން މިއަޅާވަނީ އަނިޔާވެރީންގެ ތެރެއިންނެވެ"، މިފަދައިން ދުޢާ ކުރާ ހިނދުގައި، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. " دَعْوَةُذِيْالنُّوْنِإِذْدَعَابِهَاوَهُوَفِيْبَطْنِالْحُوْتِ : لَاإِلَهَإِلَّاأَنْتَسُبْحَانَكَإِنِّيْكُنْتُمِنَالظَّالِمِيْنَ ، لَمْيَدَعْبِهَارَجُلٌمُّسْلِمٌفِيْشَيْءٍقَطُّإِلَّااسْتَجَابَاللهُلَهُ "މާނައަކީ: "ޛިއްނޫން (ޔޫނުސް ޢަލައިހިއްސަލާމް) މަހުގެ ބަނޑުތެރޭގައި އޮންނަވައިގެން "لَاإِلَهَإِلَّاأَنْتَسُبْحَانَكَإِنِّيْكُنْتُمِنَالظَّالِمِيْنَ" އޭ ވިދާޅުވެ ދުޢާކުރެއްވިއެވެ. މުސްލިމަކު އެއްވެސް ކަމަކަށް އެދި މިފަދައިން ދުޢާކޮަށްފިނަމަ މާތް ﷲ އެމީހެއްގެ ދުޢާ އިޖާބަ ކޮށްދެއްވާނެއެވެ".
މިޙާދިޘާ އަށް އިޝާރާތް ކުރައްވާ ކީރިތި ގުރްއާނުގެ އަލްއަންބިޔާ ސޫރަތުގެ 87 އަދި 88 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.(وَذَاالنُّوْنِإِذْذَّهَبَمُغَاضِباًفَظَنَّأَنْلَّنْنَّقْدِرَعَلَيْهِفَنَادَىفِيْالظُّلُمَاتِأَنْلَّاإِلَهَإِلَّاأَنْتَسُبْحَانَكَإِنِّيْكُنْتُمِنَالظَّالِمِيْنَفَاسْتَجَبْنَالَهُوَنَجَّيْنَاهُمِنَالْغَمِّوَكَذَلِكَنُنْجِيْالْمُؤْمِنِيْنَ) މާނައަކީ: "އަދި ޛައްނޫނި (ޔޫނުސް ޢަލައިހިއްސަލާމް) އެކަލޭގެފާނުގެ ގައުމުގެ މީހުންދެކެ ކޯފާވެގެން ވަޑައިގަތްހިނދު އަދި އެކަލޭގެފާނުގެ މައްޗަށް ތިމަން ﷲ ގެ ކުޅަދުންވަންތަވެގެން ނުވާ ކަމަށް ހީކުރެއްވިހިނދު ތިމަން ﷲ އިރާދަކުރެއްވި ގޮތަށް ބޮޑުމަހެއްގެ ތެރޭގައި ބަންދުވިއެވެ. ދެންފަހެ، އަނދިރިތަކުގެ ތެރެއިން އެކަލޭގެފާނު ނިދާކުރައްވައި ވިދާޅުވިއެވެ. އިބަ އިލާހު ފިޔަވައި ޙައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އިބަ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުވީ އަނިޔާވެރިންގެ ތެރެއިންނެވެ. ދެންފަހެ ތިމަން ﷲ އެކަލޭގެފާނަށް އިޖާބަދެއްވައި ހިތާމަ އާއި ދެރައިން އެކަލޭގެފާނު ނަޖާކުރެއްވީމެވެ. އަދި އީމާންވި މީހުން ތިމަން ﷲ މިންޖު ކުރައްވަނި އެފަދައިންނެވެ".
މިއާޔަތުގެ ޝަރަޙާގައި އަލްއިމާމް އަލްގުރްޠުބީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. " ދުޢާ އިޖާބަވުމުގެ ޝަރްޠެއްގެ ގޮތުގައި ޔޫނުސް ޢަލައިހިއްސަލާމް ދުޢާ ކުރެއްވިފަދައިން ދުޢާކުރުން މިވަނީ ލައްވާފައެވެ. އެފަދައިން ދުޢާކޮށްފިނަމަ ދުޢާ އިޖާބަކުރައްވާ، ދިމާވެގެން އުޅޭ ދަތި އުނދަގޫ ކަންތަކުން ސަލާމަތް ކުރައްވާނެކަން މިވަނީ އަންގަވާފައެވެ".
11. މުޞީބާތެއް މެދުވެރިވާ ހިނދުގައި (إِنَّالِلّهِوَإِنَّاإِلَيْهِرَاجِعُوْنَاَللَّهُمَّأَجِرْنِيْفِيْمُصِيْبَتِيْوَأَخْلِفْلِيْخَيْراًمِّنْهَا) މާނައަކީ: "ހަމަކަށަވަރުން އަހަރުމެންވަނީ ﷲ އަށެވެ. އަދި އަހަރުމެން އެނބުރިދިއުންވެސް ވަނީ ﷲ ގެ ޙަޟްރަތަށެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް މެދުވެރިވި މުޞީބާތުން މިއަޅާ ސަލާމަތް ކުރައްވާފާންދޭވެ. އަދި މިޔަށްވުރެ ހެޔޮ ރަގަޅު ކަމެއް މިއަޅާ އަށް ދެއްވާ ފާންދޭވެ"، عَنْأُمِّسَلَمَةَرَضِيَاللهُعَنْهَاأَنَّهَاقَالَتْ: سَمِعْتُرَسُوْلَاللهِصَلَّىاللهُعَلَيْهِوَسَلَّمَيَقُوْلُ : "مَامِنْمُسْلِمٍتُصِيْبُهُمُصِيْبَةٌفَيَقُوْلُمَاأَمَرَهُاللهُ : إِنَّالِلّهِوَإِنَّاإِلَيْهِرَاجِعُوْنَاَللَّهُمَّأَجِرْنِيْفِيْمُصِيْبَتِيْوَأَخْلِفْلِيْخَيْرًامِّنْهَاإِلَّاأَخْلَفَاللهُلَهُخَيْرًامِّنْهَا" މާނައަކީ: އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާ ވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވި އަޑު ތިމަން ކަމަނާ އެއްސެވީމެވެ. "މުސްލިމަކަށް މުޞީބާތެއް މެދުވެރިވާ ހިނދުގައި "إِنَّالِلّهِوَإِنَّاإِلَيْهِرَاجِعُوْنَاَللَّهُمَّأَجِرْنِيْفِيْمُصِيْبَتِيْوَأَخْلِفْلِيْخَيْراًمِّنْهَا" މިފަދައިން ކިޔައިފި ނަމަ މާތް ﷲ އެއަށް ވުރެ ރަގަޅު ގޮތެއް އެމީހަކަށް މެދުވެރިކޮށްދެއްވަތެވެ.
12. މައްޔިތާގެ ފުރާނަ ދާ ހިނދުގައި މީސްތަކުން ކުރާ ދުޢާ،فَفِيْالْحَدِيْثِأَنَّالنَّبِيَّصَلَّىاللهُعَلَيْهِوَسَلَّمَدَخَلَعَلَىأَبِيْسَلَمَةَوَقَدْشَقَّبَصَرَهُفَأَغْمَضَهُثُمَّقَالَ : " إِنَّالرُّوْحَإِذَاقُبِضَتَبِعَهُالْبَصَرُ ، فَضَجَّنَاسٌمِّنْأَهْلِهِفَقَالَ : لَاتَدْعُوْاعَلَىأَنْفُسِكُمْإِلَّابِخَيْرٍ ؛ فَإِنَّالْمَلَائِكَةَيُؤَمِّنُوْنَعَلَىمَاتَقُوْلُوْنَ "މާނައަކީ: ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު އަބޫސަލަމާ އަވަހާރަވެފައިވަނިކޮށް ވަޑައިގެންނެވި އިރުގައި އެކަލޭގެފާނުގެ ލޯފުޅުވަނީ ހަރުވެފައެވެ. އެހިނދު ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނުގެ ލޯފުޅު މަރުއްވާލެއްވިއެވެ، އަދި ޙަދީޘް ކުރެއްވިއެވެ. ފުރާނަގޮސްފިނަމަ ލޮލުގެ ފެނުންވެސް އެޔާ ތަބާވެއެވެ. އެހިނދު އަބޫސަލަމާ-ރަޟިޔަﷲ ޢަންހު- ގެ އަހްލުވެރިނގެ ތެރެއިންބަޔަކު ހަޅޭއްލަވައިގަތުމުން ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ހެޔޮކަމަކަށް މެނުވީ ދުޢާ ނުކުރާހުށިކަމެވެ. ތިޔަބައިމީހުންގެ ދުޢާ އަށް މަލާއިކަތް ބޭކަލުން އާމީން ކިޔުއްވައެވެ".
13. ބަލިމީހުންގެ ކައިރި އަށް ޒިޔާރަތް ކުރާ ހިނދުގައި ކުރާ ދުޢާ،عَنْأُمِّسَلَمَةَرَضِيَاللهُعَنْهَاقَالَتْ: قَالَرَسُوْلُاللهِصَلَّىاللهُعَلَيْهِوَسَلَّمَ: "إِذَاحَضَرْتُمُالْمَرِيْضَفَقُوْلُوْاخَيْرًافَإِنَّالْمَلَائِكَةَيُؤَمِّنُوْنَعَلَىمَاتَقُوْلُوْنَ .. قَالَتْ : فَلَمَّامَاتَأَبُوْسَلَمَةَأَتَيْتُرَسُوْلَاللهِصَلَّىاللهُعَلَيْهِوَسَلَّمَفَقُلْتُ: إِنَّأَبَاسَلَمَةَقَدْمَاتَ، فَقَالَلِيْ : قُوْلِيْ : اَللَّهُمَّاغْفِرْلِيْوَلَهُوَأَعْقِبْنِيْمِنْهُعُقْبًىحَسَنَةً " قَالَتْ : فَقُلْتُفَأَعْقَبَنِيْاللهُمَنْهُوَخَيْرٌلِّيْمِنْهُ ، مُحَمَّدًاصَلَّىاللهُعَلَيْهِوَسَلَّمَ" .މާނައަކީ: އުންމު ސަލަމާ-ރަޟިޔަ ﷲ ޢަންހާ- ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ބަލިމީހެއްގެ ކައިރި އަށް ޒިޔާރަތްކޮށްފިނަމަ ހެޔޮބަހެއް ނޫނީ ނުބުނާ ހުށިކަމެވެ. ހަމަކަށަވަރުން މަލާއިކަތްބޭކަލުން ތިޔަބައިމީހުން ދައްކާ ވާހަކައަށް އާމީން ވިދާޅުވެއެވެ". އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ވިދާޅުވިއެވެ. އަބޫސަލަމާ- ރަޟިޔަﷲ ޢަންހު- އަވަހާރަވީ ހިނދުގައި ތިމަންކަމަނާ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގޮސް އެޚަބަރު ދިނީމެވެ. އެހިނދު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ކަމަނާ ވިދާޅުވާށެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ތިމަންނާގެ ފާފައާއި އޭނާގެ ފާފަ ފުއްސަވާދެއްވާފާންދޭވެ. އަދި އޭނާ އަށް ވުރެ ހެޔޮމީހަކު ދެއްވާފާންދޭވެ". އުންމު ސަލަމާ- ރަޟިޔަﷲ ޢަންހާ- ވިދާޅުވިއެވެ. މާތް ﷲ ތިމަން ކަމަނާ އަށް އެޔަށްވުރެ ހެޔޮގޮތް މެދުވެރިކޮށްދެއްވިއެވެ. މާތް ﷲ ތިމަންކަމަނާ އަށް މުޙައްމަދު-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދެއްވިއެވެ.
14. އަނިޔާ ލިބުނު މީހާގެ ދުޢާ، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. " وَاتَّقِدَعْوَةَالْمَظْلُوْمِفَإِنَّهُلَيْسَبَيْنَهَاوَبَيْنَاللهِحِجَابٌ "މާނައަކީ: "ތިޔަބައިމީހުން އަނިޔާލިބުނުމީހާގެ ދުޢާ އިން ރައްކާތެރިވާށެވެ. ހަމަކަށަވަރުން އަނިޔާލިބުނުމީހާގެ ދުޢާ އާއި ﷲ އާއި ދެމެދު ޙިޖާބެއް (ފަރުދާ) އެއް ނުވެއެވެ".
އަދިވެސް އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. " دَعْوَةُالْمَظْلُوْمِمُسْتَجَابَةٌوَإِنْكَانَفَاجِرًا ؛ فَفُجُوْرُهُعَلَىنَفْسِهِ "މާނައަކީ: "އަނިޔާލިބުނު މީހަކީ ފާޖިރެއް ކަމުގައިވީނަމަވެސް އޭނަގެ ދުޢާ އަކީ މުސްތަޖާބު (އިޖާބަކުރައްވަނި) ދުޢާ އެކެވެ. އޭނާގެ ފާޖިރުކަން އޮތީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށެވެ".
15. ބައްޕަ އަކު ދަރިފުޅަށްޓަކައި ހެވެއް އެދިގެން ކޮށްދޭ ދުޢާ، ރޯދަވެރިޔާގެ ދުޢާ، ދަތުރުވެރިޔާގެ ދުޢާ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަދީޘް ކުރެއްވިއެވެ. " ثَلَاثُدَعَوَاتٍلَّاتُرَدُّ : دَعْوَةُالْوَالِدِلِوَلَدِهِ ، وَدَعْوَةُالصَّائِمِوَدَعْوَةُالْمُسَافِرِ " މާނައަކީ: ތިންމީހެއްގެ ދުޢާ މާތް ﷲ ރައްދު ނުކުރައްވައެވެ. ބައްޕަ އަކު ދަރިފުޅަށް ޓަކައި ކޮށްދޭ ދުޢާ، އަދި ރޯދަވެރިޔާގެ ދުޢާ، އަދި ދަތުރުވެރިޔާގެ ދުޢާ".
16. ބައްޕަޔަކު ދަރިފުޅުގެ މައްޗަށް ކުރާ ދުޢާ، (ދަރިފުޅަށް ގެއްލުމެއް ދެއްވުން އެދި ކުރާ ބަދު ދުޢާ)، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. " ثَلَاثُدَعَوَاتٍمُّسْتَجَابَةٍ : دَعْوَةُالْمَظْلُوْمِ ، وَدَعْوَةُالْمُسَاِفرِ ، وَدَعْوَةُالْوَاِلِدعَلَىوَلَدِهِ " މާނައަކީ: "ތިންމީހެއްގެ ދުޢާ އިޖާބަ ކުރައްވާނެއެވެ. އަނިޔާލިބިފައިވާ މީހާގެ ދުޢާ، ދަތުރުވެރިޔާގެ ދުޢާ، ބައްޕަ އަކު ދަރިފުޅުގެ މައްޗަށް ކުރާ ބަދު ދުޢާ".
17. ޞާލިޙް ދަރިޔަކު ބައްޕަ އަށް ޓަކައި ކުރ ހެޔޮދުޢާ، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. إِذَامَاتَابْنُآدَمَانْقَطَعَعَمَلُهُإِلَّامِنْثَلَاثٍ : صَدَقَةٌجَارِيَةٌ ، أَوْوَلَدٌصَالِحٌيَّدْعُوْلَهُأَوْعِلْمٌيُّتْفَعُبِهِ ( މާނައަކީ: "އާދަމުގެ ދަރިޔާ މަރުވުމަށްފަހުގައި ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ހުއްޓިގެންދެއެވެ. ދެމިހުންނަނިވި ޞަދަގާތެއް، ދުޢާކޮށްދޭނެ ޞާލިހް ދަރިއެއް، ފައިދާކުރަނިވި ޢިލްމެއް".
18. މެންދުރުނަމާދު ވަގުތުވަދެ ނަމާދު ކުރުމާއި ދެމެދުގައިވާ ވަގުތު، فَعَنْعَبْدِاللهِبِنْالسَّائِبِ – رَضِيَاللهُعَنْهُ-أَنَّرَسُوْلَاللهِصَلَّىاللهُعَلَيْهِوَسَلَّمَكَانَيُصَلِّيْأَرْبَعًابَعْدَأَنْتَزُوْلَالشَّمْسُقَبْلَالظُّهْرِوَقَالَ : " إِنَّهَاسَاعَةٌتُفْتَحُفِيْهَاأَبْوَابُالسَّمَاءِوَأُحِبُّأَنْيَصْعَدَلِيْفِيْهَاعَمَلٌصَالِحٌ " މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުއްﷲ ބިން އައްސާއިބް ގެ ފަރާތުން ރިވާވެގެންވެއެވެ. "މެންދުރުވަގުތުވެ، ނަމާދު ކުރެއްވުމުގެ ކުރިން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަތަރު ރަކްޢަތް ކުރައްވައެވެ. އަދި ޙަދީޘް ކުރައްވައެވެ. "އެވަގުތަކީ އުޑުތަކުގެ ދޮރުތައް ހުޅުވޭގަޑިއެވެ. އެހެންކަމުން ހެޔޮޢަމަލެއް އުފުއްލެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ".
19. ރޭގަނޑުގެ ނިދިން ހޭލާގަޑިގައި ދުޢާ ކުރުން. އަދި ނިދިން ހޭލާގަޑީގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާ ކިޔުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. مَنْتَعَارَّ ( أَيْ : اِسْتَيْقَظَ ) مِنَاللَّيْلِفَقَالَ : " لَاإِلَهَإِلَّااللهُوَاللهُأَكْبَرُوَلَاحَوْلًوَلَاقُوَّةَإِلَّابِاللهِثُمَّقَالَ : اَللَّهُمَّاغْفِرْلِيْ – أَوْدَعَا – اُسْتُجِيْبَلَهُفَإِنْتَوَضَّأَوَصَلَّىقُبِلَتْصَلَاتُهُ " މާނައަކީ: "ރޭގަނޑުގެ ނިދިން ހޭލުމަށްފަހުގައި لَاإِلَهَإِلَّااللهُوَاللهُأَكْبَرُوَلَاحَوْلَوَلَاقُوَّةَإِلَّابِاللهِ އޭ ކިޔާ، މި އަޅާގެ ފާފަ ފުއްސަވާފާންދޭވެ، މިހެންކިޔާ ދުޢާކޮށް، ނުވަތަ އެނޫންވެސް ދުޢާ އެއް ކޮށްފި މީހެއްގެ ދުޢާ އިޖާބަ ކުރައްވާނެއެވެ. އަދި ވުޟޫކޮށްގެން ނަމާދުކޮށްފިނަމަ އެނަމާދެއް ގަބޫލުކުރައްވާނެއެވެ".
ކޮމެންޓު ފޮނުވާ