ދިވެހި ވަޠަނީ ޚިދުމަތުގެ 3 ވަނަ ބެޗުގެ "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ 3 ވަނަ ބެޗުގެ "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި

Author
އަހުމަދު
08 ސެޕްޓެމްބަރ 2026 07:58
0

ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ 3 ވަނަ ބެޗުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ބޭއްވި ދެވަނަ ފީލްޑް ކޭމްޕް ކަމުގައިވާ "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ކޭމްޕް ކުރިއަށްގެންދިޔައީ 2026 ސެޕްޓެންބަރު 2 އަދި 3 ވަނަ ދުވަހުއެވެ.

އާންމުކޮށް ތަމްރީނު ހޯދާ މާހައުލުން ބޭރުގައި، ދިރިއުޅުމުގެ ތަފާތު ހާލަތްތަކާ އަމިއްލައަށް ކުރިމަތިލުމުގެ ހުނަރު އަށަގެންނެވުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މި ކޭމްޕުގައި، ދަރިވަރުންގެ ކިބައިގައި އެއްބައިވަންތަކަމާއި ޒިންމާދާރުކަން އަށަގަނެ، ގޮންޖެހުންތަކާ ކުރިމަތިލުމުގެ އުކުޅުތަކާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވުނެވެ. މީގެ އިތުރުން، އިސްނަގައިގެން ކަންކަން ކުރުމުގެ ޤާބިލުކަމާއި ލީޑަރޝިޕް ސިފަތަކާއި، އަމިއްލަ ދިރިއުޅުމަށް ބޭނުންވާ އަސާސީ ހުނަރުތަކަށް ދަރިވަރުން އަހުލުވެރިކުރެވުނެވެ.

މި ބެޗުގައި ޖުމުލަ 341 ދަރިވަރުން (279 ފިރިހެން އަދި 62 އަންހެން) ތަމްރީނު ފުރިހަމަކުރަމުން އަންނައިރު، މިހާރު ކުރިއަށްދަނީ ތަމްރީނުގެ 13 ވަނަ ހަފުތާއެވެ. މި ބެޗު ދަސްވެނިވާނީ 2026 ސެޕްޓެންބަރު 19 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.