ފިލްމް ކުޅުން ހުއްޓައެއް ނުލަން: ނަރްގިސް

ފިލްމް ކުޅުން ހުއްޓައެއް ނުލަން: ނަރްގިސް

Author
ފާތިމަތު ނާވީ
31 މާރޗް 2022 02:27
0

ފިލްމު ތަކުގެ ސައިޑް ރޯލުތަކުން ފެންނަ ނަރުގިސް ފަހުރީ ފިލްމު ކުޅުން ހުއްޓާނުލާ ކަމަށާއި ނެގީ ބްރޭކެއް ކަމަށް އޭނާ ބުނެފިއެވެ.

2016 ވަނަ އަހަރުން ފެށިގެން ފިލްްމު ތަކުގެ ސަޕޯޓިން ރޯލުތަކުން ފެންނަ ނަރުގިސް ބުނެފައިވަނީ ބޮލީވުޑާ ދުރަށް ނުދާ ކަމަށާއި އޭނާ ހުރީ "މެންޓަލް ބްރޭކްއެއް" ގައި ކަމަށެވެ.

މީގެ އިތުރުން ނަރްގިސް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ މިހާރު ކުރަމުން އަންނަ މަސައްކަތާއި މެދު އެއްވެސް ގޮތަކަށް ހިތްހަމަ ނުޖެހޭ ކަމަށާއި އެހެންވެ އާއިލާ އާއެކު ވަގުތު ހޭދަކުރަން ބޭނުން ވާ ކަަމަށެވެ.

 

View this post on Instagram

 

A post shared by Nargis Fakhri (@nargisfakhri)

ބޮލީވުޑްގައި މާގިނަ ކާމިޔާބެއް، އަދި ކުޅޭނެ މާގިނަ ފިލްމެއް އޭނާއަށް ނުލިބެއެވެ. ބޮލީވުޑްގެ ކެރިއަރު ވަރަށް ފަނޑު ބަތަލާ ފެންނަނީ ސައިޑް ރޯލުތަކުންނެވެ.

ނަމަވެސް އަނެއްކާވެސް އެެމެރިކާގައި އަހަރުތަކެއް އާއިލާ އާއެކު ހޭދަކުރުމަށް ފަހު އޭނާ ވަނީ އެނބުރި އިންޑިއާއަށް އައިސްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ދެން އަނެއްކާވެސް ބައެއް ފިލްމު ތަކުން އޭނާ ފެންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.