މެމްބަރުންނާއި ހަމައަށް ކުރާ ދަތުރުގައި ފައްޔާޟު 100 ރަށަށް ވަޑައިގެންފި

މެމްބަރުންނާއި ހަމައަށް ކުރާ ދަތުރުގައި ފައްޔާޟު 100 ރަށަށް ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2022 08:49
0

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު މެމްބަރުންނާއި ހަމައަށް ކުރާ ދަތުގައި 100 ރަށަށް ޒިޔާރަތްކޮށްފިއެވެ.

ފައްޔާޟުގެ މިދަތުގެ އެންމެ ބޮޑުބޭނުމަކީ އެމްޑީޕީގެ އާންމު މެމްބަރުންނާއި، ބައްދަލުކޮށް، މެމްބަރުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވުމެވެ. ފައްޔާޟުގެ ކެމްޕެއިންގައި މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރަށަކުންވެސް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިއަދު ހަވީރު ފައްޔާޟު ވަޑައިގެންފަނީ ގއ.ވިލިނގިއްޔަށެވެ. މިއީ ޗެއާޕާސަންގެ ކެމްޕެއިންގައި ފައްޔާޟު ވަޑައިގެންނެވި 100 ވަނަ ރަށެވެ. މިކެމްޕެއިންގައި އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅުޅޭ ހުރިހާ ރަށެއްގައި ތިބި އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކޮށް މެމްބަރުންގެ ކަންބޮޑުވުން އޮޅުން ފިލުހުންވުމަށް ފައްޔާޟު ވަނީ ވިދާޅުވެފައެވެ. ފައްޔާޟަށް ވިލިގިނލިން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައިދު ހުސެއިންއެވެ.

އެމްޑީޕީ ހިންގާލަން ކެމްޕޭންގެ އެންމެ މުހިންމު ސިޔާސަތަކީ މެންބަރުންގެ ގާތުން މެންބަރުން އެދޭގޮތް ހޯދުން. އަޅުގަނޑުމެން މެންބަރުން ގާތަށް މިކުރާ ދަތުރުތަކުގެ ތެރެއިން 100 ވަނަ ބޮޅު އަމުނާމިލަނީ ގއ. ވިލިނގިއްޔަށް. އިރާދަކުރެއްވިއްޔާ އަމާޒު މިހިފީ 186 ރަށަށް.

– ފައްޔާޟު ވިދާޅުވިއެވެ.

ވިލިގިނގިލިން ފައްޔާޞަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ގއ. އަދި ގދ. އަސް ފައްޔާޟުގެ ޓީމުން ކުރާ ދަތުގައި ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ހުވަދު އަތޮޅުގެ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މަޖިލިސް މެމްބަރުންނާއިއެކު ފައްޔާޟު ކުރައްވާ ދަތުރަކީ މިކެމްޕެއިންގެ އެންމެ ކާމިޔާބު އެއް ދަތުރު ކަމަށް ފައްޔާޟުގެ ކެމްޕެއިން ޓީމުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.