ހަތަރު މަހަށްފަހު އަގުއެރޯ ފަރިތަކުރުންތަކަށް

ހަތަރު މަހަށްފަހު އަގުއެރޯ ފަރިތަކުރުންތަކަށް

Author
އިބްރާހީމް ސާޢިދު
06 އޮކްޓޯބަރ 2020 02:43
0

އަނިޔާގެ ސަބަބުން ހަތަރު މަސް ކުޅުމާ ދުރުގައި ހުރުމަށްފަހު ފުރަތަމަ ފަހަރަށް މެންޗެސްޓަރ ސިޓީގެ ފަރިތަކުރުންތަކުގައި ސާޖިއޯ އަގުއޭރޯ ބައިވެރިވާން ފަށައިފިއެވެ.

އޭނާ ވަނީ އިއްޔެ ކުރިޔަށްދިޔަ މެންޗެސްޓަރ ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. ކުޅުންތެރިޔާއަށް އަނިޔާވެފަ ވަނީ މިދިޔަ ޖޫން މަހު ލީގުގައި ބާންލީއާ ދެކޮޅަށް ކުޅެނިކޮށެވެ. އަނިޔާގެ ސަބަބުން ސާޖަރިއަށްފަހު ފަރިތަކުރަމުން ދަނިކޮށް އަނެއްކާވެސް އަނިޔާވެ އަގުއެރޯ ކުޅުމާ ދުރަށްދާން ޖެހުނެއެވެ. އަގުއޭރޯގެ އަނިޔާ އާ ގުޅިގެން ސިޓީން ފޯވާޑެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔައީ ބްރެޒިލްގެ ޖެސޫސްއެވެ.

ޤައުމީ ޓީމުގެ މެޗުތަކަށްފަހު މިމަހު 17 ގައި އަލުން ލީގުގެ ކުޅުން ފަށާއިރު މި ދެ ކުޅުންތެރިން ވެސް ފެންނާނެކަމަށް ސިޓީއާ ހަވާލާދީ އިނގިރޭސި މީޑިޔާތަކުން ރިޕޯޓްކުރެ އެވެ. ސިޓީން ސީޒަން ފަށާފައިވަނީ ފުރަތަމަ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކުޅުންތެރިންނާއި އަނިޔާގައި ތިބި ކުޅުންތެރިން ހިމެނޭހެން 7 ކުޅުންތެރިން ނުލައެވެ. ގުންޑޮގާން ވެސް ވަނީ މިހާރު ކޯވިޑް-19 އިން ރަނގަޅުވެ ޓީމުގެ ތަމްރީންތަކުގައި ބައިވެރިވާން ފަށާފައެވެ.

ޖާއޯ ކެންސެލޯ ވަނީ މިވަގުތު ގައުމީ ޓީމާ ގުޅިފައެވެ. އަދި އައިސޮލޭޝަން މުއްދަތައް ފަހު ރިޔާދް މާރޭޒް އިތުރުން އައިމެރިކް ލަޕޯޓް ވަނީ ޓީމާ ގުޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.