ޓައިގާ ބެނުން ވަނީ ވަރަށް ގެވެހި އަތްނބެއް

ޓައިގާ ބެނުން ވަނީ ވަރަށް ގެވެހި އަތްނބެއް

Author
ފާތިމަތު ނާވީ
26 މާރޗް 2022 07:19
0

ބޮލީވުޑްގެ އަރަމުންއަންނަ އެކްޓަރ ޓައިގާ ޝްރޮފް ބޭނުން ވަނީ ހަޔާތުގެ ބައިވެރިއަކަށް ވަަރަށް ގެވެހި މީހެއް ކަމަށް އޭނާ ބުނެފިއެވެ.

2014 ވަނަ އަހަރު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތަޢާރަފްވި ޓައިގާ ޝްރޯފަކީ މިހާރު އިންޑަސްޓްރީގައި އެންމެ ފާހަގަ ކޮށްލެވޭއެއް ޒުވާން އެކްޓަރެވެ.

ޓައިގާ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅެވެ. ލަދު ރަކި މަޑުމައިތިރި މިޒާޖެއްގެ ޓައިގާ ބުނީ އޭނާ ކައިވެނި ކުރަން ބޭނުން ވަނި ވަރަށް ގެވެހި އަންހެނަކާ ކަމަށެވެ.

ޝޫޓިންގ ނިންމާލާފައި އަންނަ އިރު ކައްކައިގެން އިންތިޒާރުގައި ހުންނަ ފަދަ މީހެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާގެ މިވާހަކަތަކާ ގުޅިގެއް ބައެއް މިހުންގެ ފާޑުކިއުން އޭނާ އަށް އަމާޒުވިއެވެ. އަންހެނުން ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި ދެކޭ ކަމަށާއި އިހުތިރާމް ނުކުރާ ކަމަށް ބުނެއެވެ.

ނަމަވެސް ޓައިގާ ވަނީ މީހުންގެ ފާޑުކިއުން ތަކަށް ރައްދު ދީފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ މަންމަ އާއި ދައްތައަށް އޭނާ ވަަރަށް އިހުރިތާމް ކުރާކަމަށެވެ. އަދި އަންހެން ބޭފުޅުންނަށް އޭނާ ވަރަށް އިހުތިރާމް ކުރާ ކަމަށްވެސް ބުނެފައި ވެއެވެ.

ހަޔާތުގެ ބައިވެރިޔާގެ ވާހަކަ ޓައިގާ ދެއްކިއިރު އޭނާ އާއި އެކްޓްރެސް ދިޝާ ޕަޓާނީއާ ދެމެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ދެމީހުން މިވާހަކައަށް އެއްބަސް ނުވި ކަމުގައި ވިޔަސް މީޑިއާ އިން ބުނަނީ އެއީ ދެ ލޯބިވެރިން ކަމަށެވެ.

އެކަމަށް ބާރު ދެނީ އެމީހުން އެކުގައި ހޭދަ ކުރާ ގިނަ ވަގުތު ތަކެވެ. ޓައިގާއާއި ދިޝާ އެކުގައި ޗުއްޓީ ހޭދަކުރުމާއި ކެއުންތަކާއި ޑޭޓްތަކަށް ދިއުމުގެ އިތުރުން އެކެއްގެ ގެއަށް އެނެކަކު ގޮސް އުޅޭ އުޅުންވެސް އެއީ އެކަމުގެ ހެއްކެއް ކަމަށް މީޑިއާއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.