3 ސްޓާ ކިޑުންގެ ފިލްމު ސެޓުގެ މަންޒަރު ތަކެއް ލީކު ވެއްޖެ

3 ސްޓާ ކިޑުންގެ ފިލްމު ސެޓުގެ މަންޒަރު ތަކެއް ލީކު ވެއްޖެ

ބޮލީވުޑްގެ ކިންގް ޚާން، ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާނާއި ކުރީގެ ތަރި ޝްރީ ދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރު އަދި ބޮލީވުޑްގެ ބިގް ބީ އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާ، އެއް ފިލްމަކުން ބޮލިވުޑަށް ތައާރަފްވާ ފިލްމްގެ ސެޓުން ފޮޓޯތަކެއް ލީކު ވެއްޖެއެވެ.

މީއީ މި ތިން ސްޓާ ކިޑުން ބޮލިވުޑަށް ކުރާ ދަތުރުގެ ފުރަތަމަ ފިޔަވަޅެވެ. ތިން ކުދިން އެއް ފިލްމަކުން ކާސްޓުކުރާ އިރު ފިލްމުގައި ފެންނަ ގޮތުގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.

މި ތިން ކުދިން ފިލްމީ ދާއިރާ އަށް ނެރެނީ މަޝްހޫރު ޑައިރެކްޓަރ ޒޯޔާ އަޚްތަރުގެ "ދަ އާޗީސް" އިންނެވެ. މި ފިލްމުގެ ޝޫޓިންގ މިފަހުން ވަނީ ފަށާފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމަކީ ލައިވް އެކްޝަން މިއުޒިކަލް ފިލްމެކެވެ.

 

View this post on Instagram

 

A post shared by Manav Manglani (@manav.manglani)

ފިލްމު ޕްރިމިއާ ކުރަނީ ނެޓްފްލިކްސް އިންނެވެ. ނަމަވެސް އަދި މިހާތަނަށް ފިލްމު ރިލިޒް ކުރާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

މި ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ ވަގުތު އަގަސްތިޔާގެ މަންމަ އަދި އަމީތާބުގެ އަންހެން ދަރިފުޅު ޝްވެތާ އާއި އޭނާގެ އަންހެން ދަރިފުޅު، ނަވްޔާ ނަންދާ ވެސް ސެޓަށް ގޮސްފައިވެއެވެ.

މި ތިން ކުދިންނަކީ ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިންވެސް ސޯޝަލް މީޑިއާގައި ވަރަށް ސަޕޯޓަރުން ގިނަ އަދި އެހާމެ ހަރަކާތްތެރި ކުދިންތަކެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *