އަނިލް ހުރީ ކާފައަކަށް ވުމަށް ކެތްމަދުވެފައި!

އަނިލް ހުރީ ކާފައަކަށް ވުމަށް ކެތްމަދުވެފައި!

Author
ފާތިމަތު ނާވީ
24 މާރޗް 2022 10:37
0

ބޮލީވުޑްގެ އެކްޓަރ އަނިލް ކަޕޫރު ހުރީ ކާފައަކަށް ވުމަށް ކެތްމަދުވެފައި ކަމަށް ބުނެފިއެވެ.

މީގެ ދެތިންދުވަސް ކުރިން އަނިލްގެ ދަރިފުޅު އެކްޓަރެސް ސޯނަމް ކަޕޫރު ވަނީ އޭނާ ބަނޑުބޮޑުކަން ހާމަކޮށްފައެވެ.

ސޯނަމް ކަޕޫރަކީ އަނިލް ކަޕޫރުގެ ތިން ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. އުމުރުން 36 އަހަރުގެ ސޯނަމް އިންސްޓަގްރާމުގައި އޭނާގެ އަލަތު ދަރިފުޅަށް ބަނޑުބޮޑުކަން ހާމަ ކުރުމާއެކު އަނިލް ވަނީ އެކަމާ އޭނާ ވަރަށް އުފަލުންހުރިކަން ހާމަކޮށްފައެވެ.

އޭނާ އެންމެ ބޭނުންވި ރޯލަށް ތައްޔާރުވާން ފަށާފައި ވާކަމަށް ބުނަމުން، ދަރިފުޅު ސޯނަމް އާއި އާނަންދު ދިން ޚަބަރަކީ އެންމެ އުފާވެރިއެއް ޚަބަރުގެ ގޮތުގައި އަނިލް ސިފަކޮށްފައިވެއެވެ.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)

ސޯނަމް އާއި ވިޔަފާރިވެރިޔާ އާނަންދު އަހޫޖާ، ކައިވެނި ކުރީ 2018 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ދިރިއުޅެމުން އަންނަަނީ ފިރިމީހާ އާއި އެކުގައި ލަންޑަނުގައެވެ.

ކައިވެންޏަށް ފަހު ސޯނަމް ވަނީ ފިލްމީ މަސައްކަތްތަކާ ވެސް ދުރަށް ޖެހިލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.