ރެޕް އާޓިސްޓް އެމްސީ ޓޮޑް މަރުވެއްޖެ

ރެޕް އާޓިސްޓް އެމްސީ ޓޮޑް މަރުވެއްޖެ

Author
ފާތިމަތު ނާވީ
23 މާރޗް 2022 07:56
0

ބޮލީވުޑްގައި ރެޕް އާޓިސްޓެއްގެ ގޮތުގައި މަޝްހޫރު ކަން ހޯދާފައިވާ އެމްސީ ޓޮޑް ފޮޑް އަސްލު ނަމުންނަމަ ދަރްމޭޝް ޕަރްމަރް އުމުރުން އެންމެ 24 އަހަރުގައި މަރުވެއްޖެއެވެ.

އެނާގެ އެންމެ މަޝްހޫރު އަދި އެންމެ ފާހަގަ ކޮއްލެވާ މަސައްކަތުގެ ތެރޭގައި 2019 ވަނަ އަހަރުގެ ފިލްމު "ގަލީ ބޯއީ" ގައި ކުރި ރެޕްތައް ފާހަގަ ކޮށްލެވެ. މި ފިލްމައަކީ ބޮކްސް އޮފީހުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމެކެވެ. ފިލްމުގެ ލީޑުން ފެނިގެން ދިއައީ އާލިއާ ބަޓާއި ރަންވީރު ސިންގްއެވެ.

ގިނަ އެވޯޑުތަކެއް ވެސް ހާސިލުކުރި މި ފިލްމަކީ ރެޕް އާޓިސްޓެއްގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތާއި ކާމިޔާބަށް ކުރިމަތިވަމުން ދިޔަ ހުރަސްތައް ދައްކުވައިދޭ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Zoya Akhtar (@zoieakhtar)

ޓޮޑް މަރުވީ ހޯމަ ދުވަހުއެވެ. ނަމަވެސް މަރުވީ ކިހިނެއްކަން އަދި ނޭނގޭއިރު ފުލުހުން ދަނީ މި މަރުގެ ތަހުގީގު ކުރަމުން ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އޭނާ މަރުވުމާ ގުޅިގެން ރަންވީރު ސިންގް އާއި ސިދާންތް ޗަތުރުވޭދީ ވަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް ތައުޒިޔާ ފޮނުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.