ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓް ހެކްކުރި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
އަލީ ޒާހިރު އެކައުންޓުން މިއަދު ހެދުނު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެމްޑީޕީ ވެރިކަމަށް އައީ ރައީސް ނަޝީދު އެކަނި ކުރެއްވި މަސައްކަތުން ނޫން ކަމަށެވެ. "ކަލޯ ހިތުން ޔޫކޭގައި ގޮނޑި ދުއްވަން އިން މީހަކު ކުރި މަސައްކަތުން އެކަނި ކަމަށްތަ އެމްޑީޕީ މިއަދު މިހިސާބަށް އައީ؟" އެ ޓުވީޓުގައި ލިޔެފައިވެއެވެ.
އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ކުރި ފުރަތަމަ ޓްވީޓްގައި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ އެމްޑީޕީގެ އެކްޓިވިސްޓިކަށް ވަނީ ރައްދު ދީފައެވެ. އަދި ބައެއް ހުތުރު ބަސްތައްވެސް ބޭނުން ކޮށްފައިވެއެވެ.

އަލީ ޒާހިރުގެ އެކައުންޓް ހެކްކުރި މައްސަލަ މިހާރުވަނީ ފުލުހަށް ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ