ކައިރި މުސްތަޤުބަލެއްގައިވެެސް ނަޝީދު ބޭރުކޮލެވޭ ވަރުގެ މީހެއް އެމްޑީޕީއަކަށް ނާންނާނެ: ފައްޔާޟު

ކައިރި މުސްތަޤުބަލެއްގައިވެެސް ނަޝީދު ބޭރުކޮލެވޭ ވަރުގެ މީހެއް އެމްޑީޕީއަކަށް ނާންނާނެ: ފައްޔާޟު

Author
މުޙައްމަދު ޝަޒައިމް
19 މާރޗް 2022 02:56
0

ކައިރި މުސްތަޤުބަލެއްގައިިވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީން ބޭރުކޮށްލެވޭ ވަރުގެ މީހަކު އެޕާޓީއަށް ނާންނާނެކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީން ބާކީކޮށް، ބޭރުކޮށްލަން ޖާގަ ނުދޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީވަނީ އިއްޔެ ވިދާޅުވެފައެވެ. އިންތިގެ މިވާހަތަކާއި ގުޅިގެން ފައްޔާޟަށް ތާއީދު ކުރާ ގިނަ ބޭފުޅުން ދަނީ އިންތިއަށް ރައްދު ދެއްވައި ރައީސް ނަޝީދު އެމްޑީޕީން ބޭރުކޮށްލުމަށް އެއްވެސް މީހަކު މަސއްކަތް ނުކުރާކަމަށް ބުނެފައެވެ.

އިންތިގެ ވާހަތަކާއި ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން މިކަމުގެ ސުވާލު އުފައްދައި ދައްކަވަމުންދާ ވާހަތަކުގައި މިނިސްޓަރ ފައްޔާޟު ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ބޭރުކޮށްލެވޭ ވަރުގެ މީހަކު ކައިރި މުސްތަގުބަލެއްގައިވެސް އެމްޑީޕީއަށް ނާންނާނެކަމަށެވެ. ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރަން އުޅޭކަމަށް ބުނެ ދައްކާ ވާހަކަތަކީ، ކެމްޕެއިންގެ ވާދަވެރިކަމުގައި ދައްކާ ވާހަކަތަކެއްކަމަށް ފައްޔާޟު ވިދާޅުވިއެވެ.

ކުރިއަށް އޮތް ކައިރި މުސްތަޤުބަލެއްގައިވެސް ރައީސް ނަޝީދު މިޕާޓީން ބޭރުކުރެވޭނެ ވަރުގެ މީހަކު މިޕާޓީއަކަށް ނާންނާނެ. ދެން އަބަދުވެސް އިންތިޚާބެއްގައި ދައްކާވާހަކަ އެއީ، އެއީ ކެމްޕެއިންގެ އުކުޅެއްގެ ގޮތުގައި އަޅުގަނޑު ބަލައި ގަންނަނަނީ.

– ފައްޔާޟު ވިދާޅުވިއެވެ.

ހުވަދު އަތޮޅުގެ ރަށްތަކުގައި އިންތިގެ ޓީމުން ކުރަމުންދާ ކެމްޕެއިންފައި އިއްޔެ ހަވީރު ގއ.ދެއްވަދޫއަށް ވަޑައިގެން ދެއްވަދޫ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީ ދެފަޅިކޮށްލަން ނުވަތަ ކަފިކަފި ކޮށްލަން ބަޔަކު މަސައްކަތް ކުރާތަން ފެންނަ ކަމުގައެވެ. މިފުރުސަތު ދީފިކަމަށް ވަނީނަމަ، އެމްޑީޕީއަށް ޤުރުބާން ވީ ބޭފުޅުންގެ މަސައްކަތް އަނެއްކާ އެދިޔައީ ފަހަތަށް ކަމުގައި އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތަކީ ވަރަށް ރޭވިގެން އެމްޑީޕީން ރައީސް ނަޝީދު އެއްފަރާތްކޮށް، ބޭރުކޮށްލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެކަމަށް ޖާގަ ނުދޭނެކަމަށް އިންތި ވިދާޅުވިއެވެ.

ޗެއާޕާސަން އިންތިޚާބުގައި މިނިސްޓަރ ފައްޔާޟާއި، އިންތި ވާދަކުރި ނަމަވެސް މިއީ ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ މެދުގައި ކުރިއަށްދާ އިންތިޚާބެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. އަދި މިއީ އެމްޑީޕީން އަންނަ އަހަރު ނެރޭނެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމުގައިވެސް ވަރަށް މުހިންމު އިންތިޚާބަކަށް ވެގެންދާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.