އެމްޑީޕީން ޖެހި ހިސާބެއް ގޯހެއްނުވޭ، ކުރެންދޫ އިންތިޚާބުވެސް ނަގާނަން: އަލީ ނިޔާޒު

އެމްޑީޕީން ޖެހި ހިސާބެއް ގޯހެއްނުވޭ، ކުރެންދޫ އިންތިޚާބުވެސް ނަގާނަން: އަލީ ނިޔާޒު

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2022 09:31
0

ކެމްޕެއިން ތަކުގައި މިހާތަނަށް އެމްޑީޕީން ޖަހާ ހިސާބު ގޯސް ނުވާ ކަމަށާއި، ކުރެންދޫ ދާއިރާގެ އިންތިޚާބުވެސް އެމްޑީޕީން ކާމިޔާބު ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ކުރެންދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ކެނޑިޑޭޓްގެ ކެމްޕެއިންގައި މިރޭ ކުރެންދޫގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ މިއިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ކުރެވިފައިވާކަމަށެވެ. މިއިންތިޚާބު ކުރެންދޫއިން ކާމިޔާބު ނުވާނެ އެއްވެސް ސަބަބެއް މިހާރު ނޯންނާނެކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީއަކީ އިންތިޚާބުތަކުގައި ޖަހާ ހިސާބު ވަރަށް ސީދާކޮށް ދިމާކުރާ ޕާޓީއެއް ކަމަށެވެ. މިއިންތިޚާބަކީވެސް އެމްޑީޕީން ބޮޑުތަނުން ކާމިޔާބު ކުރާނެ އިންތިޚާބެއްކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

މިހާތަނަށް ޖަހާފައިވާ ހިސާބުތައް ދިމާވާނެ. މިއިންތިޚާބުގެ ހިސާބުވެސް ދިމާވާނެ. އަލީ ނަސީމް މި އިންތިޚާބު ފަސޭހަ ކަމާއިއެކު ކާމިޔާބު ކުރާނެ.

– އަލީ ނިޔާޒު ވިދާޅުވިއެވެ.

އަލީ ނިޔާޒު ވަނީ ލާމަރުކަޒީ ނިޒާމަރުކަޒީ އުސޫލުން އިދާރީ ދާއިތާއް ހިންގުމަށް މިސަރުކާރުން ޤާނޫނަށް ގެނައި ބޮޑެތި ބަދަލުތަކަށް އަލި އަޅުވާލާފައެވެ. ލާމަރުކަޒީ ނިޒާމަށް 11 އަހަރު ވެފައިވާއިރު، މިއަދު ފެނިގެންދަނީ ކައުންސިލްތައް މިނިވަންވެ، މިނިވަން ކަމާއިއެކު މަސައްކަތް ކުރާ ވެރިންތަކެއް ތިބި އިދާރާތަކެއްގެ ގޮތުގައި ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

ޤާނޫނުގައި ހުރި ހިފެހެއްޓުންތައް ނައްތާލައި 19 ވަނަ މަޖިލީހުން ލާމަރުކަޒީ ޤާނޫނުގެ 8 ވަނަ އިސްލާހު ފާސްކޮށްފައިވަނީ 80 އަށްވުރެ ގިނަ އިސްލާހުތަކާއިއެކު ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށްކަމަށް ނިޔާޒު ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިއަދުވެސް ލޭންޑްޔޫސް ޕްލޭން ހުށަހެޅުމާއިމެދު ހުރި ކަންބޮޑުވުން އަލީ ނިޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން މިހާތަނަށް ލޭންޑް ޔޫސް ޕްލޭން ހުށަހެޅުމަށް ދީފައިވާ މުއްދަތުގައި ޕްލޭނިން މިނިސްޓްރީއަށް ހުށަހެޅީ އެންމެ 42 ލޭންޑްޔޫސް ޕްލޭންކަމަށް ނިޔާޒު ވިދާޅުވިއެވެ. އޭގެ ތެރެއިން 3 ލޭންޑްޔޫސް ޕްލޭން ފިޔަވައި ދެންހުރި ހުރިހާ ލޭންޑްޔުސް ޕްލޭނެއް އަލުން އިސްލާހު ކުރުމަށް ފޮނުވާފައިވާކަމަށް ނިޔާޒު ވިދާޅުވިއެވެ. ނިޔާޒު ވިދާޅުވީ މިއީ އެއްގޮތަކަށްވެސް އަނެއްކާވެސް ޤާނޫނަށް ބަދަލު ގެންނަންޖެހޭ ކަމެއްކަމަށް ދެކިގެން ނުވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.