ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން މާމިގިލި އިއްބެއަށް!

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން މާމިގިލި އިއްބެއަށް!

Author
މުޙައްމަދު ޖިމީ
16 މާރޗް 2022 05:10
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމްގެ މަގާމަށް، އދ.މާމިގިލި، ރަންގިރިޓީގެ އިބްރާހީމް ރަޝީދު އަބޫބަކުރު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އިބްރާހީމް ރަޝީދު އަބޫބަކުރު ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒްގެ ނައިބުގެ މަޤާމާއި މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަޤާމާ ޕްރައިވެޓް ސެކްޓަރގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވެއެވެ.

އިބްރާހީމް ރަޝީދު އަބޫބަކުރު ވަނީ އިނގިރޭސި ވިލާތުގެ ބޯލްޓަން ޔުނިވަރސިޓީން އެމް.ބީ.އޭ ހާސިލުކުރައްވާފައެވެ.

އިބްރާހީމް ރަޝީދުގެ އިތުރުން ދެން އެ މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރަކަށް ހުންނެވީ ޑޮކްޓަރ އަޙްމަދު ޞާލިޙްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.