ލުބުނާނުގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލާއި ހިޒްބުﷲ އިން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދެއްވި ގޮތުގައި، ރާއްޖޭ ގަޑިން މިއަދު ހަވީރު 6:00 ގައި އަމަލުކުރަން ފެށި މި ސުލްހައިގެ އެއްބަސްވުމަކީ އެމެރިކާ އާއި ގަތަރު މެދުވެރިވެގެން، އިޒްރޭލާއި އީރާނާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު އެކުލަވާލި އެއްބަސްވުމެކެވެ. މި އެއްބަސްވުމަށް އާދެވިފައި މިވަނީ، ދާދިފަހުން ލުބުނާނުގައި ބަދަލުކުރެވުނު ވަރުގަދަ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ސުލްހައަށް ބޮޑެތި ހުރަސްތަކެއް އެޅިފައި ވަނިކޮށެވެ.
އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި އާންމުން މަރުވަމުންދާތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެންމެން ފުރިހަމައަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ. ފްރާންސްގައި ބޭއްވި ޖީ7 ސަމިޓުގައި ޓްރަމްޕް ވިދާޅުވީ، ގެއްލުމެއް ނެތް ދެ ޑްރޯންއެއްގެ ބަދަލުގައި ބައިރޫތުގެ އިމާރާތްތައް ބިމާހަމަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އިޒްރޭލުން މިއަށްވުރެ ޒިންމާދާރުކޮށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. ހަމައެއާއެކު، އެމެރިކާ އާއި އީރާނުގެ އެއްބަސްވުމަށް ފާޑުކީ އިޒްރޭލުގެ ހަރުކަށި މިނިސްޓަރުންނަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވެސް ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ.
މީގެ އިތުރުން، އީރާނުގެ ރޫހީ ލީޑަރުގެ ވާހަކަތަކަށް ރައްދުދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން މި އެއްބަސްވުން ގާއިމުކުރީ މަޖުބޫރުވެގެން ނޫން ކަމަށާއި، ބާރުގެ ބޭނުންކޮށްގެން އީރާނު ކުޑަކަކޫ މައްޗަށް ތިރިކުރުވުމަށްފަހު ކަމަށެވެ. އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދީ، 300 ބިލިއަން ޑޮލަރުގެ ފަންޑެއް ހެދުމަށް ނިންމި ނިންމުމަށް އެމެރިކާގެ އެތެރެއިން ފާޑުކިޔުން އަމާޒުވި ނަމަވެސް، ޓްރަމްޕް ވަނީ އެކަން ދިފާއުކުރައްވައި، އީރާނުގެ ބާރު މިހާރު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ