ތ.ގުރައިދޫ ބަނދަރުގެ ވޯކްވޭ ބްރިޖުގެ މަސައްކަތް ނިމިއްޖެ

ތ.ގުރައިދޫ ބަނދަރުގެ ވޯކްވޭ ބްރިޖުގެ މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2022 11:30
0

ތ. ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ވޯކްވޭ ބްރިޖް ހެދުމުގެ މަސައްކަތް ނިމިއްޖެއެވެ.

ތ. ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ވޯކްވޭ ބްރިޖް ހެދުމުގެ މަސައްކަތް ނިމިފައިވާއިރު، އަދި ބޭރުތޮށި ލުމުގެ މަސައްކަތުގެ 88 ޕަސެންޓް ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، 24،485 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1875 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.