މަރްހޫމް އަބްދުއްރަޝީދު އަލީ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

މަރްހޫމް އަބްދުއްރަޝީދު އަލީ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2022 10:50
0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، ޚާއްސަ މަޖިލީޙުގެ މެމްބަރުކަން ފުރުއްވި ޢަބްދުއްރަޝީދު ޢަލީ އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި މަޖިލީހުގައި ހަމަހިމޭންކަމުގެ ސްކޫތެއް މިއަދު ގެނެސްފިއެވެ.

ޢަބްދުއްރަޝީދު އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެ ހެނދުނެވެ. އަބްދުއްރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅުގެ މެންބަރުކަން 20 އަހަރު އަދި އެ އަތޮޅުގެ އަތޮޅުވެރިކަން ދެ ފަހަރެއްގެ މަތިން ކުރައްވާފައެވެ.

ފުލުސް ކޯޓުގެ އިސް ގާޒީ ކަމާއި ބަންޑާރަނައިބްގެ އެހީތެރިޔާކަމާއި، އަހްމަދިއްޔާ ސްކޫލުގެ ފުރަތަމަ ނާޒިރުކަމާއި އަދި ތިންވަނަ ނާޒިރުކަންވެސް އަބްދުއްރަޝީދު ވަނީ ކުރައްވާފައެވެ. މީގެއިތުރުން މައްޗަށްގޮޅި އަވަށު ކޮމިޓީއާއި މާފަންނު އަވަށު އޮފީހުގައިވެސް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ.

އަބްދުއްރަޝީދު އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ދަރިކަނބަލުން އަދި ހަތަރު ދަރިކަލުން ދުނިޔޭގެ އެބަތިއްބެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދަކީވެސް އަބްދުއްރަޝީދުގެ ދަރިކަލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.