މާލޭގެ ބޮޑުތަކުރުފާނު މަގުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، ޓޯޔާޑް ކައިރީގައި ހިނގި މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް ވަނީ އަނިޔާވެފައެވެ. އަދި އެ މީހާއަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ލިބިފައިވާ ގެއްލުންތަކުގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުވެސް އަދި ސާފުވެފައި ނުވާއިރު، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ