ޕީޕީއެމްގެ ހިންގުން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ކައުންސިލްގައި މަޝްވަރާކޮށްފި

ޕީޕީއެމްގެ ހިންގުން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ކައުންސިލްގައި މަޝްވަރާކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2022 08:15
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ހިންގުން ހަރުދަނަ ކުރުމާއި ގުޅޭގޮތުން އެޕާޓީގެ ކައުންސިލްގައި މަޝްވަރާކޮށްފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ރޭބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ޕީޕީއެމްގެ ރައީސް ޔާމީނެވެ. މިއީ ރައީސް ޔާމީން މިނިވަންވެ ވަޑައިގެންނެވިފަހުން އެމަނިކުފާނު ބައިވެރިވެ ވަޑައިގެން ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ކައުންސިލް ބައްދަލުވުމެވެ.

ރޭގެ ކައުންސިލް ބައްދަލުވުމުގައި ޕްރޮގްރެސިވް ކޯލިޝަން އިދާރީ ގޮތުން ހިންގުން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. މީގެ އިތުރުން ޤައުމު މިހާރު އޮތް ހާލަތާއި މިހާލަތުން އަރައިގަތުމަށްޓަކައި، އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

މިބައްދަލުވުމުގައި ޕްރޮގްރެސިވް ކޯލިޝަން އިދާރީ ދާއިރާތަކުގެ ހިންގުން ހަރުދަނާކޮށް ޕާޓީގެ ހަރަކާތްތައް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ކައުންސިލް ބައްދަލުވުމެއް ބާއްވާފައިވާއިރު މިމަހުގެ 25 ވަނަ ދުވަހު މާލޭގައި "އިންޑިއާ އައުޓް"ގެ ބޮޑު ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.