ހިޔާ ސަރަހައްދުގެ ފުރަތަމަ ޕާކު ރޯދަ މަހު ބޭނުންކުރަން ފަށަނީ

ހިޔާ ސަރަހައްދުގެ ފުރަތަމަ ޕާކު ރޯދަ މަހު ބޭނުންކުރަން ފަށަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ސަރަހައްދުގައި ހަދާ "ހިޔާ ޕާކު"ގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާ ރަމަޟާންމަހު ބޭނުންކުރަން ފެށޭވަރުވާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ(އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ހަދާ ކޮންމެ ޕާކަކީވެސް ކޮންމެ އުމުރުފުރައެއްގެ މީހުންނަށްވެސް، ހިތްހަމަޖައްސާލާ ވަގުތު ހޭދަކޮށްލުމަށް ބޭނުންކުރެވޭގޮތަށް ހަދާ ތަންތަންކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ކުޅެ އުޅެވޭނެ ސަރަޙައްދާއި، އިށީނދެލައިގެން ތިބުމަށް ބެންޗާއި އުދޯލިފަދަ ވަސީލަތްތައް މި ޕާކުތަކުގައި ހިމެނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގިނަ އާއިލާތަކެއް މިހާރުވަނީ ދިރިއުޅެން ފަށާފައެވެ. މި އާބާދީއަށް ބޭނުންވާ އަސާސީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ދެވަނަ ފިޔަވަހި ހިޔާ ސަރަޙައްދުގައި ޕާކެއް ތަރައްޤީކުރަން ފެށީ ޖެނުއަރީ މަހުއެވެ. މިއީ އާއްމުން ހިއްތްހަމަޖައްސަލަން ތިބެލުމަށް ހިޔާ ސަރަޙައްދުގައި ހަދާ ފުރަތަމަ ޕާކެވެ.

އެޗްޑީސީން ހިޔާ ސަރަޙައްދުގެ ޕާކު މަސައްކަތް ކުރަނީ 2 ފިޔަވައްސަކަށެވެ. ފުރަތަމަ ފިޔަވަހީގައި ހަދަނީ ކުޑަކުދިންނާއި އަދި ބޮޑެތި މީހުންނަށްވެސް މަޑުކޮށްލައިގެން ތިބެވޭ ހިތްފަސޭހަ މައިޒާނެކެވެ.

މި މަސައްކަތުގެ %85 މަސައްކަތް މިހާރުވަނީ ނިމިފައެވެ. އެޗްޑީސީން ބުނެފައިވަނީ ޕާކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާ ރަަމަޟާންމަހު އާއްމުންނަށް ބޭނުންކުރަން ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މީގެ ކުރިން އެޗްޑީސީން ވަނީ ހިޔާގެ ބީޗް ސަރަޙައްދުގައި ގޮނޑިއާއި މޭޒު ހިމެނޭ ބެންޗު ޖަހާ، ބީޗް ސަރަޙައްދު އާއްމުންނަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްވެސް ހަދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *