މާލޭ ރޯމަސް މާރުކޭޓު މަރާމާތު ކުރުމުގެ ބޮޑުބައި ނިމިއްޖެއެވެ.
މާލެ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު ވަނީ މަސްމާރުކޭޓުގެ މަސައްކަތް ކުރިއަށްދާ ގޮތާއި، އަދި މިހާރު ކުރެވެމުންދާ މަސައްކަތުގެ ޓައިމްލައިނެއް ހިއްސާކުރައްވާފައެވެ.
މާލޭ މަސް މާރުކޭޓުގައި މިހާރު ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލު:
– 4ފޫޓު 8 ފޫޓުގެ 18 އަށި އެއްކޮށް ތަޅައި އަލުން ކޮންކްރީޓުކޮށް އަށި ރާނާ، އަށީގެ އެތެރޭގައި ފޯމު ޖަހާ ފައިބަރުކޮށް ޖެލްޖަހައި އަދި އަށީގެ ބޭރުގައި މުށި ޖެހުން
– 5ފޫޓު 7 ފޫޓުގެ ހަތް އަށި އެއްކޮށް ތަޅައި އަލުން ކޮންކްރީޓުކޮށް އަށި ރާނާ، އަށީގެ އެތެރޭގައި ފޯމު ޖަހާ ފައިބަރުުކޮށް ޖެލްޖަހައި އަދި އަށީގެ ބޭރުގައި މުށި ޖެހުން
– 7ފޫޓު 12 ފޫޓުގެ ތިން އަށި ހަ ބަޔަށް ބައިކޮށް، ފައިބަރުކޮށް، ޖެލް ޖެހުން
– ކުދި މަހަށް ޚާއްސަ ކޮށްފައިވާ 3 ފޫޓު 6 ފޫޓުގެ 10 އަށި އަލުން ރާނާ މުށި ޖެހުން
– ހުރިހާ އަށްޓެއްގައި ނަންބަރު ޖެހުން
– ހުރިހާ ތަނބެއް މަރާމާތުކޮށް، ފައިބަރުކޮށް ޖެލް ޖެހުން
– މާރުކޭޓުގެ މަސް ވިއްކާ ސަރަހައްދުގެ ދެބައިކުޅަ އެއްބައިގައި ކުލަލުން
– ކަރަންޓު ވަޔަރު އަލުން އަޅައި، ކުރިން ހުރި ހޮޅިބުރިތައް ނައްޓާ އަލުން 12 ލެޑް ލައިޓް ހަރުކުރުން
– މާރުކޭޓުގެ ފެންޑާގައި މުށިޖެހުން
– މުޅިން އަލަށް ހަދާ ހަތަރު އަށީގެ ތެރެއިިން ދެ އަށި ރާނާ ސިމެންތި ޖެހުން
Male ge masmaarukeyt maraamathu kurumuge masakkai: pic.twitter.com/f6vVtufKFj
— Dr Mohamed Muizzu (@MMuizzu) March 12, 2022
މާލޭގެ މަސްމާރުކޭޓް އާބާތުރަ ފިލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށާފައިވަނީ ކައުންސިލްގެ ސްޓެރެޖިޓިކް ޕްލޭންގެ ދަށުން ނެވެ. އެ ޕްލޭންގެ ދަށުން މާލޭގެ މަގުހެދުމާއި ލޯކަލް މާރުކޭޓްގެ މަސައްކަތް ވެސް ކުރާނެ ކަމަށް ކައުންސިލުން ބުނެ އެވެ.