ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ 704 ފްލެޓު ބެލެހެއްޓުން އެޗްޑީސީއާ ރަސްމީކޮށް ހަވާލުކުރުމާއެކު، އެ އިމާރާތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު އެޗްޑީސީން މި މަސައްކަތް ފަށާފައިވާއިރު، މިއީ އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ގިނަ ޝަކުވާތަކަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ފެށި މުހިންމު މަސައްކަތެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2002 ވަނަ އަހަރު ބިނާކުރި މި ފްލެޓުތަކަށް މިހާރު 24 އަހަރު ވެފައިވާއިރު، ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މެއިންޓެނެންސް މަސައްކަތް ކުރެވިފައި ނުވާތީ އާންމުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށްފައެވެ.
އެހެންކަމުން، ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ނިމުމެއް ގެނައުމަށްޓަކައި އެޗްޑީސީން މިހާރު ދަނީ ފްލެޓުތަކަށް ބޭނުންވާ މަރާމާތުތައް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ. މީގެ އިތުރުން، އިމާރާތްތަކާއި އެ ތަންތަނުގެ ވަށައިގެންވާ ސަރަހައްދު ސާފުތާހިރުކޮށް ބެހެއްޓުމަށްވެސް އެ ކޯޕަރޭޝަނުން ހާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ