މަހިބަދޫ އެމްޑީޕީ އިސްބޭފުޅަކު އިދިކޮޅު ޕީޕީއެމްއާއި ގުޅިއްޖެ

މަހިބަދޫ އެމްޑީޕީ އިސްބޭފުޅަކު އިދިކޮޅު ޕީޕީއެމްއާއި ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2022 08:33
0

އދ.މަހިބަދޫ އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކު އިދިކޮޅު ޕީޕީއެމްއާއި ގުޅިއްޖެއެވެ.

އިންޑިއާ އައުޓް ކެމްޕެއިންގައި އިއްޔެ ރައީސް ޔާމީން އދ.މަހިބަދޫއަށް ކުރެއްވި ޒިޔާރަތަށްފަހު އެރަށު، އަދި އަތޮޅުގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނާއި ބައްދަލު ކޮށްފައެވެ. މިބައްދަލުވުންތަކުގެ ތެރެއިން ޕީޕީއެމްއާއި އަލަށް ގުޅުނު ފަރާތްތަކުގެ ފޯމުތަކާއި ރައީސް ޔަމީން ވަނީ ވަނީ ހަވާލުވެފައެވެ.

ރޭ ސޮއިކުރި މީހުންގެ ތެރޭގައި މަހިބަދޫގައި މީގެ ކުރިން އެމްޑީޕީގެ އެކި ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި އެރަށު މެހެލް އަލީ އާދަމް ވަނީ އެމްޑީޕީ ދޫކޮށް ޕީޕީއެމްއާއި ގުޅިފައެވެ.

މަހިބަދޫއަކީ ޕީޕީއެމްއަށް ތާއީދު ބޮޑޫ ރަށެކެވެ. އެދާއިރާގެ މިހާރުގެ މެމްބަރަކީވެސް އަދި ނިިމިދިޔަ 18 ވަނަ މަޖިލީހުގެ މެމްބަރަކީވެސް ޕީޕީއެމްއަށް ނިސްބަތްވާ އަހުމަދު ތޯރިގުއެެވެ. ރައީސް ޔާމީން އިންޑިއާ އައުޓް ހަރަކާތުގައި އެކި ރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ގިނަ ބަޔަކު ޕީޕީއެމްއާއި ގުޅެމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.