ރަޝިއާގެ ގާނޫނުހަދާ މަޖިލިސް ޑޫމާ

އިރުމަތީ ޔޫކުރެއިންގެ މިނިވަންކަން ބަލައިގަތުމަށް ވޯޓުދިން ހުރިހާ މެމްބަރުންނަށް އިނގިރޭސިވިލާތުން ދަތިކުުރުމުގެ ފިޔަވަޅު އަޅައިފި

އިރުމަތީ ޔޫކުރެއިންގެ މިނިވަންކަން ބަލައިގަތުމަށް ވޯޓުދިން ހުރިހާ މެމްބަރުންނަށް އިނގިރޭސިވިލާތުން ދަތިކުުރުމުގެ ފިޔަވަޅު އަޅައިފި

ފާއިތުވި އޮކްޓޯބަރުމަހު، ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށުމުގެ ކުރިން، ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ އިރުމަތީ ޔޫކުރެއިންގެ މިނިވަންކަން ބަލައިގަތުމަށް ވޯޓުދިން، ރަޝިއާގެ ގާނޫނުހަދާ މަޖިލީހުގެ ހުރިހާ މެމްބަރުންގެ އެސެޓް ފްރީޒްކޮށް، އިނގިރޭސިވލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

މިގޮތުން އިނރޭސިވިލާތުންވަނީ ރަޝިއާގެ ގާނޫނުހަދާ މަޖިލިސް ޑޫމާގެ 386 މެމްބަރުންގެ އެސްޓް ފްރީޒްކުރުމަށް ނިންމާފައެވެ.

"ރަޝިއާގެ ގާނޫނުހަދާ މަޖިލިހުގެ ތިރިގެ، ޑޫމާގެ 386 މެމްބަރުން އިރުމަތީ ޔޫކުރެއިންގެ މިނިވަންކަން ބަލައިގަތުމަށް ވޯޓު ދީފައިވާތީ މި ހުރިހާ މިމެމްބަރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ފޮރިންގ ސެކެޓްރީ ލިޒް ޓްރަސް މިއަދު ވަނީ ނިންމަވާފަ،" އިނގިރޭސިވިލާތުގެ ފޮރިންގ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

"މި ލިސްޓުގައިވާ މީހުންނަށް އިނގިރެސިވިލާތަށް ދަތުރުކުރުން މަނާ ކުރެވިގެން ދިއުމުގެ އިތުރުން، އިނގިރޭސިވިލާތުގައި ހުރި މިމީހުންގެ އެސްޓްތައް ފްރީޒްކޮށް އިންގިރޭސިވިލާތުގައި ވިޔަފާރި ކުރުންވެސް މަނާ ކުރެވިގެން ދާނެ،" މި ބަޔާނުގައި ބުނެފައި ވެއެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން، ޕުޓިންގެ ގާތް ވިޔަފާރި ވެރިންނާއި އަދި އޭނާއާއި ގާތް ގުޅުންތައް ބާއްވަމުންގެންދާ ރަޝިއާގެ ސަރުކާރުގެ އިސްވެރިންނަށް ޔޫރަޕްގެ ގައުމުތަކުންދަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން، މި ހަފްތާގައި އިނގިރޭސިވިލާތުންވަނީ، ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާ، ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންއާއި ގުޅުން އޮންނަ މަހުޖަނުންގެ ލިސްޓުގައި މަޝްހޫރު ފުޓުބޯޅަ ކުލަބު ޗެލްސީގެ އޯނަރު އަބުރަމޮވިޗް ހިމަނައިފިއެވެ.

އަދި މީގެ އިތުރުންވެސް ޕުޓިންއާއި ގުޅުން އޮންނަ ގިނަ އަދަދެއްގެ ރަޝިއާގެ މަހުޖަނުންގެ އެސެޓްތައް ފްރީޒްކޮށް، އަދި ރަޝިއާގެ ގިނަ އަދަދެއްގެ ބޭންކުތަކަށް އަމާޒުކޮށްވެސް ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުންވަނީ އިގުތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުގެ މި ފިޔަވަޅުތަކުގެ ބޭނުމަކީ ޕުޓިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓުވުމަކަށް ގެނައުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *