ފުރަން ތައްޔާރުވަމުން ދިޔަ ސީޕްލޭނެއްގެ ކަނދު ބިނދިއްޖެ

ފުރަން ތައްޔާރުވަމުން ދިޔަ ސީޕްލޭނެއްގެ ކަނދު ބިނދިއްޖެ

Author
އަހުމަދު
11 ނޮވެމްބަރ 2026 04:31
0

 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލުގައި ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދެއް ބިނދިއްޖެ އެވެ. ބޯޓު އަރިއަޅައިލުމުން، އެ ބޯޓުގެ ކްރޫއަކަށް އަނިޔާވެއްޖެ އެވެ.

ހާދިސާ ހިނގީ ފަސިންޖަރުން އަރުވައި، ޕްލެޓްފޯމުން ފުރަން ތައްޔާރުވަމުން ދަނިކޮށެވެ. އެމްއޭސީއެލްގެ އިސް އޮފިޝަލަކު ވިދާޅުވީ، އަނިޔާވީ ކްރޫ މެންބަރު އެ ވަގުތު ހުރީ ކަނދުމަތީގައި ކަމަށެވެ. އޭނާ ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށާއި، ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ފެތުރިފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޯޓު އަރިއެޅުމާއެކު އޭގެ ތެރެއަށް ކޮންމެވެސް ވަރަކަށް ލޮނު ވަދެފައިވެ އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިޔާމް ވިދާޅުވީ، ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި، ހާދިސާ ހިނގި ގޮތް ބަލަމުން ދާ ކަމަށެވެ. ހާދިސާ ހިނގި ގޮތް ބެލުމަށް ފަހު ބަޔާނެއް ނެރޭނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.