ކޯވިޑް ވެކްސިން ނުޖެހިޔަސް ޙައްޖުވުމަށް ސަޢުދީއަށް އެތެރެވެވޭނެ!

ކޯވިޑް ވެކްސިން ނުޖެހިޔަސް ޙައްޖުވުމަށް ސަޢުދީއަށް އެތެރެވެވޭނެ!

Author
މުޙައްމަދު ޖިމީ
10 މާރޗް 2022 09:28
0

ކޯވިޑުން ދިފާޢުވުމަށް ޖަހާ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށްވެސް ޙައްޖާއި އުމްރާ ވެވޭނެގޮތަށް ސަޢުދީ ސަރުކާރުން ނިންމައިފިއެވެ.

ސައުދީ ސަރުކާރުން ބުނީ ހައްޖާއި އުމްރާއަށް އެޤައުމަށް އެތެރެވުމަށް ދެން ކޮންމެހެން ވެކްސިން ފުރިހަމަ ކުރަން ނުޖެހޭނެކަމަށާއި، ނަމަވެސް މި ބަދަލު ގެނެސްފައިވަނީ ހަމައެކަނި ސައުދީން ބޭރުގެ ރައްޔިތުންނަށް އެކަނިކަމަށެވެ.

ސައުދީން މީގެކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒާއި ބޫސްޓަރ ޑޯޒްވެސް ފުރިހަމަ ނުކުރާ މީހަކަށް ދެ ޙަރަމްފުޅަކަށް އެތެރެއެއް ނުވެވޭނެއެވެ. ކޯވިޑުން ރައްކާތެރިވުމަށް ދެ ޙަރަމްފުޅުގައި އަޅާފައިވާ ފިޔަވަޅުތައް ސައުދީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ދޫކޮށްލާފައެވެ. މިގޮތުން ގައިދުރުކޮށް ނަމާދުކުރުން ނިންމުކަށް ގެނެސް ދުނިޔޭގެ ހުރިހާ ސަރަހައްދަކުން އުމްރާއަށް އެތެރެވެވޭނެކަން ސައުދީން ވަނީ އިއުލާންކޮށްފައެވެ. އަދި ކޯވިޑްގެ ކުރިން ގެންދިޔަ ގޮތަށް މިއަހަރުގެ ޙައްޖުގެ އަޅުކަން ކުރިޔަށް ގެންދާނެކަންވެސް ސައުދީން ވަނީ ހާމަކޮށްފައެވެ. އަދި ޙައްޖަށް މީހުން ގެންދިޔުމަށް ބޭނުންވާ ކޯޓާ ވަރަށް އަވަހަށް ދޫކުރާނެކަންވެސް އެޤައުމުން ވަނީ އިއުލާންކޮށްފައެެވެ.

ސައުދީ އަރަބިއާއަށް ދަތުރުކުރާ ފަރާތްތަކުން މިހާރު ކަރަންޓީންވުމަކީވެސް މަޖުބޫރުކަމެއް ނޫނެވެ. އެހެންނަމަވެސް ދަތުވެރީންގެ އަތުގައި ހެލްތު އިންޝޫރެންސްއެއް އޮންނާން ޖެހެއެވެ.

ފިޔަވަޅުތަކަށް ލުއި ދިނުމާއެކު، ސައުދީ އަރަބިއާއިންވަނީ ކޯވިޑާއިގުޅިގެން އެގައުމަށް ދަތުރުކުރުން މަނާކޮށްފައިވާ ގިނަ ގައުމުތަކުން މިހާރު އެގައުމަށް ދަތުރު ކުރެވޭނެކަންވެސް ހާމަކޮށްފައެވެ. މީގެ ތެރޭގައި ސައުތު އެފްރިކާ، ބޮޓްސުވާނާ، ޒެމްބިއާ، ޒިމްބާބުވޭ، ލެސޯތޯ، އެސްވަޓިނި، މޮޒަމްބީކު، މަލާވީ، މޮރިޝަސް، ޒެމްބިއާ، މަޑަގަސްކަރަ، އެންގޯލާ، ސީޝެލް، ކޮމޮރޯސް، ނައިޖިރިއާ، އިތިއޯޕިއާ އަދި އަފްއާނިސްތާން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.