މިއީ ޖެހުނު ބޮޑު ކަޅުލައްގަނޑެއް: ކުލޮޕް

މިއީ ޖެހުނު ބޮޑު ކަޅުލައްގަނޑެއް: ކުލޮޕް

Author
އިބްރާހީމް ސާޢިދު
05 އޮކްޓޯބަރ 2020 09:42
0

މިއީ ޖެހުނު ބޮޑު ކަޅުލައްގަނޑެއް ކަމަށާއި ތަފާތު ބޮޑު ނަތީޖާކުން ބަލިވާން އެއްވެސް ބަޔަކު ބޭނުން ނުވާނެކަމަށް ލިވަޕޫލްގެ ކޯޗު ޔާގޮން ކުލޮޕް ބުނެފިއެވެ.

އިނގިރޭސި ލީގުގައި އެސްޓަން ވިލާއާ ވާދަކޮށްކު 7-2 ލަނޑު ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމަށްފަހު ވާހަކަ ދައްކަމުން ކުލޮޕް ބުނީ، މީގެ އެއް އަހަރުކުރިން ލިވަޕޫލުން ބުނަމުން ދިޔައީ ތާރިހުގައި ފާހަގަކޮއްލެވޭ ކާމިޔާބެއް ހޯދޭނެ ކަމަށެވެ. އެކަމު އެކަން ބަދަލުވެގެން މި ދިޔައީ މުޅިން އިދިކޮޅަށްކަމަށާއި، މިއީ ޖެހުނު ބޮޑު ކަޅު ލައްގަނޑެއްކަމަށް ކުލޮޕް ވަނީ ސިފަކޮއްފައެވެ.

މިއީ ވޭތުވެދިޔަ 63 އަހަރުތެރޭގައި ލީގުގެ އެންމެފަހުގެ ޗެމްޕިއަންކަން ހޯދި ޓީމެއްގެ ކޮޅަށް މިހާގިނަ ލަނޑުވަތް ފުރަތަމަ ފަހަރެވެ. އޭނާ ބުނީ މެޗުގައި މިހާބޮޑު ތަފާތެއް ފެނިގެންދިޔައީ މާ ބޮޑަށް ފަރުވާކުޑަކުރުމުން ކަމަށެވެ. އަދި ލަނޑުޖަހާނެ ކިތަންމެ ފުރުސަތުތަކެއް ލިވަޕޫލުން ތަނަވަސްކުރި ކަމަށެވެ.

ކުލޮޕް ބުނީ މިހާ ތަފާތުބޮޑު ނަތީޖާއެއް ނުކުތީ މެޗުގައި މާގިނައިން ގޯސްތައް ހެދުމުން ކަމަށާއި މެޗުގައި އިދިކޮޅުން ޖެހި ކޮންމެ ލަނޑަކީ ލިވުޕޫލުން ހެދި ބޮޑު ގޯސްތަކުން ފައިދާ ނަގައިގެން އެޓީމުން ކާމިޔާބު ކުރި ލަނޑުތަކެއް ކަމަށެވެ.

" ކާކު ބަލިވާން ބޭނުންވާނީ 7-2 ލަނޑުން، މީގެ އެއް އަހަރު ކުރިން އަހަރުމެން ނުކުތީ ތާރިހު ބަދަލުކުރަން އެކަމަކު ތާރިހު ބަދަލުވެގެން މިދައީ ނުއަތަށް" 30 އަހަރު ފަހުން ލީގުގެ ތަށި ލިވަޕޫލްއަށް މިދިޔަސީޒަންގައި ހޯދައިދިން ކޯޗު ބުންޏެވެ.

މެޗުގައި ފުރަސަތު ތަނަވަސް ކުރިކަމުގައި ވިޔަސް ބޯޅަހިފަހައްޓައިގެން ކައުންޓް އެޓޭކްތަކުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ކަމަށް ކުލޮޕް ބުންޏެވެ. މިމެޗުން ބަލިވުމާއެކު ލިވަޕޫލް ވަނީ ތާވަލުގެ 5 ވަނައަށް ވެއްޓިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.