ފޮރިން މިނިސްޓްރީގައި ފެމިލީ ރޫމެއް ހުޅުވައިފި

ފޮރިން މިނިސްޓްރީގައި ފެމިލީ ރޫމެއް ހުޅުވައިފި

Author
މުޙައްމަދު ޝަޒައިމް
08 މާރޗް 2022 03:48
0

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި "ފެމިލީ ރޫމް" އެއް ޤާއިމްކޮށް، އެތަން މިއަދު ހުޅުވައިފިއެވެ.

"ފެމިލީ ރޫމް" ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއެވެ. މިތަން ހުޅުވައިދެއްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، މިނިސްޓްރީގައި ފެމިލީ ރޫމެއް ޤާއިމްކުރުމަށް އެމަނިކުފާނު ނިންމެވީ މިނިސްޓްރީގެ މުވައްޒަފުން އެކަމަށް އެދުމުން ކަމަށާއި، މުވައްޒަފުން މަސައްކަތުގައި ގިނަ ވަގުތުތަކެއް ހޭދަކުރާއިރު، ކުދިންނަށް ވަގުތު ދިނުމުގައި މިނިސްޓްރީގެ މުވައްޒަފުންނަށް ދިމާވާ އުނދަގޫތައް ވީހާވެސް ކުޑަކުރެވި، ކުދިންނަށް އިތުރު ވަގުތު ދިނުމަށް ފަސޭހަ ވެގެންދާނެކަމަށެވެ.

މިނިސްޓްރީގައި ރަސްމީ ގަޑީގެ އިތުރުންވެސް މަސައްކަތްކުރަން ޖެހޭ ވަގުތުތަކުގައި ކުދިން ގޮވައިގެން އައިސް މަސައްކަތްކުރަން، މި ފެމިލީ ރޫމްގެ ސަބަބުން އިތުރަށް ފަސޭހަ ވެގެންދާނެކަމަށް މިނިސްޓްރީގެ މުވައްޒަފުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.