އެމްޑީޕީގައި ހިންގާލަންޖެހޭ ކަމެއްނެތް، ހުރިހާ ރަށެއްގައި އެމްޑީޕީ އެކްޓިވް: ސިފާ

އެމްޑީޕީގައި ހިންގާލަންޖެހޭ ކަމެއްނެތް، ހުރިހާ ރަށެއްގައި އެމްޑީޕީ އެކްޓިވް: ސިފާ

Author
މުޙައްމަދު ޝަޒައިމް
08 މާރޗް 2022 12:49
0

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ އިކޮނޮމިކް މިނިސްޓަރ ފައްޔަޟު އިސްމާއިލްގެ ޓީމުން ގެންގުޅެމުންދާ "ހިންގާލުން" ޝިއާރަށް އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދު ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ އިންތިއަށް ތާއީދު ކުރައްވާ ސިފާ ވިދާޅުވީ، އިންތިއާއި ވާދަކުރާ ޓީމުން ގެންގުޅޭ "ހިންގާލާ" ޝިއާރަކީ ކޮން މަޤުސަދެއްގައި ގެންގުޅޭ ޝިއާރެއްކަން އޮޅިފައިވާކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީ އޮތީ ވަރަށް އެކްޓިވްކޮށް ކަމަށް ސިފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަތޮޅު ތެރޭގެ ކޮންމެ ރަށެއްގައިވެސް އެމްޑީޕީ ވަރަށް އެކްޓިވްކަމަށެވެ. ހިންގާލުމުގެ ނަމުގައި މިއަދު އެމްޑީޕީ ތެރޭގައި ހިންގާލަން ބަޔަކު އުޅެނީ ނުކިއްސަރު ކަމެއްކަމަށް ސިފާ ވިދާޅުވިއެވެ.

2018 ގައި ވެރިކަން ހޯދައިފި. މަޖިލިސް އިންތިޚާބާއި އެތައް އިންތިޚާބެއް ކާމިޔާބު ކޮށްފި. މުޅި ރަށްރަށުގައި ބޭނުން އިރެއްގައި އެކްޓިވް ކުރެވޭ.، ދިދަ ޖެހޭ، އެކްޓިވިޓީ ހިންގާލެވޭ. ދެން ކޮންކަމެއް ހިންގާ ނުލެވިގެން މިއުޅެނީ؟ އެންމެ ކަމެއް – ކޮންމެވެސް ނުކިއްސަރު ބާރެއް ގޯހެއް ކިލަނބު ކުރުމަށް.

– ސިފާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒާއި، އިންތިމެދުގަދި ކެމްޕެއިން ފޯރިގަދަ ވެފައިވާއިރު، އެމްޑީޕީގެ މެމްބަރުންގެ ޚާއްސަކޮށް އަތޮޅު ތެރޭގެ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަތޮޅު ތަކުގައި ހުރި އެމްޑީޕީ ހަރުގެ ތައް އެކްޓިވް ނުވާ މައްސަލައެވެ. ކުރިއަށް ބޮޑު އިންތިޚާބެއް ބޯމަތިވެފައިވައިރު އެމްޑީޕީގެ ހަރަކާތްތައް އަތޮޅު ތެރޭގައި ނެތްކަމުގެ ޝަކުވާ އެޕާޓީގެ އާންމު މެމްބަރުން ވަރަށް ބޮޑަށް ކުރެއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން، އަންހެނުންގެ ރޫޙު، އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ބޭއްވުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފައިވާ ތާރީޚަކީ އަންނަ މަހުގެ 16ވަނަ ދުވަހެއެވެ. އިންތިޚާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީޚާއި ރަމަޟާން މަސް ދިމާވާތީ އިންތިޚާބު ފަސްކުރުމަށް އެދި ޗެއާޕާސަންގެ މަޤާމަށް ވަދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވަނީ އެދިވަޑައިގެންފައެވެ.

މިހުށަހެޅުން އިންތިޚާބާއި ކޮމިޓީން ބެލުމަށްފަހު ޗެއަރޕަރސަން، އަންހެނުންގެ ރޫޙު، އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ރަމަޟާން މަހަށް ދިމާނުވާނެ ތާރީޚެއްގައި ބާއްވުމަށް ވަނީ ހުށަހަޅާފައެވެ. އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާގޮތުން އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚަށް ބަދަލު ގެނެވޭނީ ޤައުމީ މަޖިލީހުން ފާސްކޮށްގެންނެވެ.

މިރޭގެ ބައްދަލުވުމުގައި އަނެހްނުންގެ ރޫޙުގެ ވޯޓުލާ މީހުންގެ ރަޖިސްޓްރީއެއް ނެތުމާއިއެކު، ޕާޓީގެ މެންބަރުންގެ ތެރެއިން ހުރިހާ އަންހެން މެންބަރުންނަށް ވޯޓު ލެވޭނެ ގޮތަށް ހަމަޖައްސައިދިނުމަށް އިންތިޚާބާ ބެހޭ ކޮމިޓީން އެދިފައިވާތީ، މިކަމާ ގުޅޭގޮތުންވެސް ގޮތެއް ނިންމުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މިއިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުން ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި 8:30 ގައި އިމާދުއްދީން ސްކޫލް ހޯލްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.