ޕުޓިންއާއި އޭނާގެ އެކުވެރި އާކަޑީ ރޮޓެމްބާގަށް 2019ވަނަ އަހަރު ރަޝިއާގައި އޮތް ޖޫޑޯ ޓްރެއިނިންއެއްގައި ބައިވެރިވެވަޑައިގަންނަވަނީ

އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަނުން ޕުޓިންއަށް އަރުވާފައިވާ ހުރިހާ މަގާމްތަކެއް އަބުރާ އަތުލައިފި

އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަނުން ޕުޓިންއަށް އަރުވާފައިވާ ހުރިހާ މަގާމްތަކެއް އަބުރާ އަތުލައިފި

އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަން (IJF)އިން ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންއަށާއި، އޭނާގެ އެކުވެރި މަހުޖަނެއް ކަމުގައިވާ އާކަޑީ ރޮޓެމްބާގަށް އަރުވާފައި ހުރިހާ ޝަރަފަކާއި މަގާމެއް އަބުރާ އަތުލާފައިވާކަން އެ ފެޑެރޭޝަންއިން އާދީއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ހާމަ ކޮށްފިއެވެ.

އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަންގެ މި ނިންމުން އިއުލާން ކޮށްފައި މިވަނީ، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކުރެއިންއަށް ހަމަލާ ދޭން ފެށުމާއި ގުޅިގެން، އޭނާއަށް މި ފެޑެރޭޝަންއިން އަރުވާފައިވާ އޮނަރަރީ ރައީސްކަމުގެ ދައުރު އަބުރާ ގެންގޮސްފައިވާކަން ފާއިތުވެދިޔަ ފެބްރުއަރީމަހު ހާމަ ކޮށްފައި ވަނިކޮށެވެ.

"ލާޑިމިރި ޕުޓިންއާއި، އާކަޑީ ރޮޓެމްބާގު މިހާރުވަނީ އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަންއިން އަރުވާފައިވާ ހުރިހާ މަގާމަކުން ވަކި ކުރެވިފައި،" މި ފެޑެރޭޝަންއިން އޮންލައިންކޮށް އާންމު ކޮށްފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަން (IJF) ހިމެނިގެން ގޮސްފައިވަނީ، ޔޫކުރެއިންގެ ހަނގުރާމަ ފެށުނުފަހުން، ދުނިޔޭގެ ކުޅިވަރު އެތައް ޖަމިއާޔާއަކުން ޕުޓިންއަށް އަރުވާފައިވާ ޝަރަފްވެރިކަމުގެ މަގާމްތައް އަބުރާ ގެންދިޔަ އެތައް ކުޅިވަރު ޖަމިއްޔާގެ ތެރޭގައި ހިމެނުނު އެއް ޖަމިއްޔާ ކަމުގައެވެ.

ވާރލްޑް ޓައެކްވޮންޑޯއިންވެސް ވަނީ އެ އެސޯސިއޭޝަންއިން 2013ވަނަ އަހަރު ޕުޓިންއަށް އަރުވާގައިވާ ޝަރަވްފަވެރިކަމުގެ ބްލެކް ބެލްޓު އަބުރާ އަތުލުމަށް ނިންމާފައެވެ. އަދި އިންޓަރނޭޝަނަލް ސުވިމިންގ ފެޑެރޭޝަން (FINA)އިން ވަނީ، 2014ވަނަ އަހަރުގެ އޮކްޓޯބަރުމަހު އެ ފެޑެރޭޝަންއިން ޕުޓިންއަށް އަރުވާފައިވާ ފިނާރ އޯޑަރ (FINA Order)ގެ ޝަރަފް އަބުރާ އަތުލުމަށް ނިންމާފައެވެ.

ރަޝިއާގެ ރައީސް ޕުޓިންގެ ގާތް މަހުޖަނެއް ކަމުގައިވާ، އާކަޑީ ރޮޓެމްބާގަކީ، އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަން (IJF)ގެ ޑިވެލޮޕްމަންޓް މެނޭޖަރެއްގެ ހައިސިއްޔަތުން އެ ފެޑެރޭޝަންގެ އެގްޒެކެޓިވް ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *