އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފި

އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2022 11:32
0

މާލެ އިން ރޭ ދަންވަރު ޓެކްސީއަކަށް އެރި އަންހެނަކު ގަދަކަމުން ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް ގެންގޮސް އޭނާ އަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އުމުރުން 20 އަހަރުގެ ދިވެހި އަންހެނެއްގެ ނުރުހުމުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް ގެންގޮސް އޭނާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ އެ މައްސަލައިގެ ރިޕޯޓް ލިބުނީ ރޭގެ ދަންވަރު ކަމަށެވެ.

މިމައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 12:50 ގައިކަމަށާއި، މިމައްސަލާގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

އެ އަންހެން މީހާ އަށް ޖިންސީ ގޯނާކުރަން އުޅެނިކޮށް، ބަޔަކު އެ ޓެކްސީ ޑްރައިވަރު އަތުލައިގަތް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.