ފަރުވާއަށްފަހު ރައީސް މާލެ ވަޑައިގެންފި

ފަރުވާއަށްފަހު ރައީސް މާލެ ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
06 މާރޗް 2022 10:54
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭސްފަރުވާއަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.

ތައިރޮޑް ފަރުވާއަށް ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ މަހު 23 ދުވަހުއެވެ. އަދި އޮޕަރޭޝަން ކުރެއްވީ މިދިޔަ މަހު 25 ވަނަ ދުވަހުއެވެ. ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް އެމަނިކުފާނުގެ ބާރުތަކާއި މަސްޢޫލިއްޔަތުތައް ކުޑަ ވަގުތުކޮޅަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ހަވާލުކުރެއްވިއެވެ. ނަމަވެސް 3 ގަޑިއިރާއި30 މިނެޓް ފަހުން ރައީސް ވަނީ އަލުން އެމަނިކުފާނުގެ މަސްޢޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަތްކަން ހާމަކުރެއްވުމާއެކު އެތައްބަޔަކުވަނީ އެމަނިކުފާނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކޮށް ހެޔޮ އެދުން ފާޅުކޮށްފައެވެ. އޭގެތެރޭގައި ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރި ބޭބޭފުޅުންނާއި ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި ޢާއްމު ރައްޔިތުންގެ އެތައްބަޔަކު ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
މީގެކުރިން ހުކުރު ޚުޠުބާގައި ވެރިންނަށް ތެދުމަގު ދައްކަވައި ނަޞްރުދެއްވުން އެދި ދުޢާކުރުމުން އެކަން ނުކުރެވޭނެ ކަމަށްބުނެ ފާޑުކީމީހުން މިދިޔަ ހުކުރުގެ ޚުޠުބާގައި ވެރިމީހާއަށް ޝިފާދެއްވުންއެދި ދުޢާކުރި. ނުކުރެވޭނެ ކަމަށްބުނި ހުރިހާކަމެއް ކޮށް ނިމިއްޖެ.