އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރައްވައިފި

Author
އަހުމަދު
24 ޖޫން 2026 08:59
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް މުޙައްމަދު ޝަކީލް މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝަކީލަށް މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. ހުވާކުރެއްވުމަށްފަހު، މަގާމަށް އައްޔަންކުރެއްވި ކަމުގެ ރަސްމީ ލިޔުން ރައީސް މުޢިއްޒު ވަނީ ޝަކީލާ ހަވާލުކޮށްދެއްވާފައެވެ.

އީސީގެ މެންބަރުކަމަށް ވަޑައިގަތުމުގެ ކުރިން ޝަކީލް ހުންނެވީ މި ސަރުކާރުގެ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައެވެ. އާ މަގާމާ ހަވާލުވެވަޑައިގަތުމަށްޓަކައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެއެވެ. މީގެ އިތުރުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޝަކީލަކީ ވެރިކަންކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވެފައިވަނީ، ކުރިން އެ މަގާމުން އިސްތިއުފާ ދެއްވީ އޭރު ކޮމިޝަނުގެ ތެރޭގައި ކަންކަން އޮތް މާހައުލުގެ ސަބަބުން، މިނިވަންކަމާއި އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްތަކަކާ ކުރިމަތިވުމުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.