ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަސް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސެލޫން އަދި ސްޕާގެގެ ޚިދުމަތް ދިނުމަށް ބަޔަކާއިއެކު ސޮއިކޮށްފިއެވެ.
އެޗްޑީސީން އިއްޔެ ސޮއިކޮށްފައިވަނީ ހިޔާ ކޮމާޝަލް ޔުނިޓްގައި ސެލޫން އަދި ސްޕާގެ ހިދުމަތް ފޯރުކޮށްދިނުމަށް އާރް.އެމް.އާރް އިންކްއާއިއެކު ގައެވެ. އިއްޔެ ވަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަސް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް 4 ބަޔަކާއިއެކު ސޮއިކޮށްފައެވެ.
ހިޔާ ކޮމާޝަލް ޔުނިޓްގައި ސެލޫން އަދި ސްޕާގެ ހިދުމަތް ފޯރުކޮށްދިނުމަށް އާރް.އެމް.އާރް އިންކްއާއިއެކު މިއަދުވަނީ އެެއްބަސްވުމެއްގައި ސޮއިކުރެވިފައި. pic.twitter.com/UcW3gFWlaH
— HDC (@hdcmaldives) March 6, 2022
އެޗްޑީސީން އިއްޔެ ސޮއިކޮށްފައިވަނީ ވައިޓް ވުޑް އިންވެސްމެންޓާއިއެކު ކެފޭ އެއް ހިންގުމަށާއި، ގްރީންފްލައި އާއިއެކު ކެފޭއެއް ހިންގުމުގެ އިތުރުން އޭ.ޑީ ފާމަސޫޓިކަލްސްގެ ފާރމަސީ އަކާއި، އޮސްޓްރާވާ ޕްރައިވެޓް ލިމިޓެޑް ގާމެންޓްސްގެ ޚިދުމަތް ދިނުމަށެވެ.
ގިނަ އަދަދެއްގެ ބަޔަކު ހިޔާ ފަލެޓްތަކުގައި ދިރިއުޅެމުންދާއިރު، އެސަރަހައްދުން ގިނަ ޚިދުމަތްތަކެއް ލިބޭނެ ގޮތަށް ފަހި ފުރުސަތުތަކެއް އެޗްޑީސީން ދަނީ ތަނަވަސް ކުރަމުންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ޢާއްމުން މިހާރު ދިރިއުޅެން ފެށިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާގުޅިގެން އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ