އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެފައިވަނިކޮށް ކުރީގެ ދެ ރައީސުން އިންޑިއާއަށް!

އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެފައިވަނިކޮށް ކުރީގެ ދެ ރައީސުން އިންޑިއާއަށް!

Author
އަހުމަދު
09 މެއި 2026 09:55
0

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހު އިއްޔެގެ ވަގުތެއްގައި އިންޑިއާއަށް ވަޑައިގެންނެވި ނަމަވެސް، މި ދަތުރުފުޅުގެ މަގްސަދާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ހަމައެއާއެކު ރައީސް ނަޝީދުވެސް މިވަގުތު އިންޑިއާގައި ހުންނެވިއިރު، އެމަނިކުފާނު އެ ގައުމަށް ވަޑައިގެންނެވީ 'އިންޑިއަން އޯޝަން ރީޖަން އިން އަ ޓްރާންސްފޮމޭޓިން ވޯލްޑް' ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ އިސް ދެބޭފުޅުން އިންޑިއާގައި ތިއްބެވިއިރު، އަންނަ މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ގުޅިގެން އެ ޕާޓީގެ އެތެރޭގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް އުފެދިފައެވެ. މި މުހިންމު އިންތިހާބުގައި ވާދަކުރައްވަނީ ރައީސް ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.