ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަސް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިމު ހަމަޖެއްސުމަށް 4 ބަޔަކާއިއެކު އެޗްޑީސީން އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
އެޗްޑީސީން އިއްޔެ ސޮއިކޮށްފައިވަނީ ވައިޓް ވުޑް އިންވެސްމެންޓާއިއެކު ކެފޭ އެއް ހިންގުމަށާއި، ގްރީންފްލައި އާއިއެކު ކެފޭއެއް ހިންގުމުގެ އިތުރުން އޭ.ޑީ ފާމަސޫޓިކަލްސްގެ ފާރމަސީ އަކާއި، އޮސްޓްރާވާ ޕްރައިވެޓް ލިމިޓެޑް ގާމެންޓްސްގެ ޚިދުމަތް ދިނުމަށެވެ.
ރައްޔިތުންނަށް އިޖުތިމާއީ ކަންތައްތައް ފަސޭހަކޮށްދިނުމަށްޓަކައި 4 ފަރާތަކާއިއެކު ހިޔާ ކޮމާޝަލް ޔުނިޓުތަކުގެ އެއްބަސްވުމުގައި ވަނީ ސޮއި ކުރެވިފައިވެއެވެ. pic.twitter.com/BQ47GdGMWt
— HDC (@hdcmaldives) March 6, 2022
ގިނަ އަދަދެއްގެ ބަޔަކު ހިޔާ ފަލެޓްތަކުގައި ދިރިއުޅެމުންދާއިރު، އެސަރަހައްދުން ގިނަ ޚިދުމަތްތަކެއް ލިބޭނެ ގޮތަށް ފަހި ފުރުސަތުތަކެއް އެޗްޑީސީން ދަނީ ތަނަވަސް ކުރަމުންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ޢާއްމުން މިހާރު ދިރިއުޅެން ފެށިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާގުޅިގެން އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ.
މިދިޔަ ހަފްތާގައިވެސް އެޗްޑީސީން ވަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަސް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިމު ހަމަޖެއްސުމަށް 5 ބަޔަކާއިއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. އެޗްޑީސީން މިދިޔަ ހަފްތާގައި ސޮއިކޮށްފައިވަނީ ޑައިންމޯ، މޭނާ ކޭޓަރިން، މަލަސް، މީޑިއާނެޓް އަދި އައިޖީއެޗާއި އެކުގައެވެ.
ކޮމެންޓު ފޮނުވާ