އުނގޫފާރު މަގުތަކުގައި ތާރުއަޅުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

އުނގޫފާރު މަގުތަކުގައި ތާރުއަޅުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2022 01:50
0

އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމުގައި އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ އުނގޫފާރު މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، މިހާރު ކުރިއަށް ދަނީ ކޭބަލް ޖަންކްޝަންއާއި، ކާރބް ގައު އަދި ޕޭވްމަންޓް ބްލޮކްތަކުގެ ކާސްޓިންގ މަސައްކަތްތައް ކަމުގައެވެ.

މި މަޝްރޫޢުގެ ދަށުން، 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުުގެ މަސައްކަތް ކުރުމާއި، 2291.75 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ. މި މަޝްރޫޢަކީ 21.6 މިލިއަން ރުފިޔާގެ މަޝްރޫއކެވެ.

އުނގޫފާރު މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެދަށުން، ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްތައް މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 10ވަނަ ދުވަހުވަނީ ނިމިފައެވެ. އުނގޫފާރު މަގުތައްހެދުމުގެ ފުރަތަމަ ފިޔަވަހީގައި 14މަގެއް ހިމެނެއެވެ. އެގޮތުން ތަރައްޤީކޮށްފައިވަނީ ޢާއްމު ޚިދުމަތްތައް ހޯދުމަށް އެންމެ ގިނައިން ބޭނުންކުރަމުންދާ ރަށުގެ ބޮޑެތި މަގުތަކެވެ.

މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެދަށުން ތަރައްޤީކުރާނީ ރަށުގެ ކައުންސިލްގެ އެދުމުގެމަތިން، ރަށުގެ ދެން އެންމެ ގިނަ ބަޔަކު ބޭނުންކުރަމުންދާ މުހިންމު ގުތަކެވެ. އެގޮތުން 5މަގެއް ތަރައްޤީކުރުމަށް ސަރުކާރުގައި އެދުނުއިރު އޭގެތެރޭގައި ވިއްސާރަވެ ފެންބޮޑުވާ ދުވަސްތަކުގައި ސްކޫލް ދަރިވަރުން ސްކޫލަށް ދަތުރުކުރުމަށް އެންމެ ގިނައިން ބޭނުންކުރާ މަގުތަކާއި ބަނދަރު ސަރަރަހައްދުގައި އޮންނަ ބޮޑުމަގެވެ.

އުނގޫފާރު މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ މާޗްމަހުއެވެ. މި މަޝްރޫޢުއަށް 28 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.