ލަންކާގެ އިންޓަނޭޝަނަލް ސްކޫލް ތަކުގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ދިވެހި ކޯޗެއް

ލަންކާގެ އިންޓަނޭޝަނަލް ސްކޫލް ތަކުގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ދިވެހި ކޯޗެއް

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2022 01:38
0

އަވައްޓެރި ސްރީލަންކާގައި ހުންނަ އިންޓަނޭޝަނަލް ސްކޫލް ތަކުގެ މެދުގައި ބޭއްވި ފުޓްބޯޅަ މުބާރާތުގެ ދެ އުމުރުފުރާއިންވެސް ޗެމްޕިއަންކަން ދިވެހި ކޯޗެއްގެ އިރުޝާދުގެ ދަށުން ނުކުތް އެލީތިއާ އިންޓަނޭޝަނަލް ސްކޫލް ހޯދައިފިއެވެ.

ސްރީލަންކާގައި ހުންނަ ރޯޔަލް އިންސްޓްޓިއުޓް އިންޓަރނޭޝަނަލް ސްކޫލުން އިންތިޒާމު ކޮށްގެން ބޭއްވި "އިންޓަރ އިންޓަނޭޝަނަލް ސްކޫލް ޖީ.ޓީ ބަންޑާރަ ޗެލެންޖް ޓްރޮފީ" ގެ މިމުބާރާތުގެ 14 އަހަރުން ދަށާއި، 18 އަހަރުން ދަށުގެ ޗެމްޕިއަންކަން އެލީތިއާ އިންޓަނޭޝަނަލް ސްކޫލް ހޯދީ ދިވެހި ކޯޗު އިސްމާއީލް ރިޔާޒް (އިއްސެ) ގެ ހެޑް ކޯޗު ކަމުގައި ނުކުމެއެވެ.

ސްރީލަންކާގައި ހުންނަ އިންޓަރނޭޝަނަލް ސްކޫލް ތަކުގެ ތެރެއިން 13 ސްކޫލެއް ބައިވެރިވި މިމުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން އެލީތިއާ ހޯދީ ފައިނަލުގައި ލައިޒިއަމް އިންޓަރނޭޝަނަލް ސްކޫލް ވައްތަލަ، 2-0 ން ބަލިކޮށްފައެވެ. 18 އަހަރުން ދަށުގެ ޗެމްޕިއަންކަން އެލީތިއާ ހޯދީ ލައިޒިއަމް އިންޓަރނޭޝަނަލް ސްކޫލް ނުގޭގޮޑާ، 2-1 ން ބަލިކޮށްފައެވެ. ދެ އުމުރުފުރާގެ ޗެމްޕިއަންކަން ދިވެހި ކޯޗަކާއެކު އެލީތިއާ ހޯދިއިރު، މިއީ ފާއިތުވީ 15 އަހަރުގެ ތެރޭގައި ފުޓްބޯޅައިގައި އެ ސްކޫލް ހޯދި އެންމެ ބޮޑު ކާމިޔާބެވެ. އެލީތިއާއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންވެސް ތައުލީމް ޙާސިލް ކުރަމުން އަންނަ ސްކޫލެކެވެ. ނަމަވެސް އެލީތިއާގެ ފުޓްބޯޅަ ޓީމުގައި ދިވެހި ދަރިވަރަކު މިފަހަރު ހިމެނިފައެއް ނުވެއެވެ.

އިއްސެ ޓީމާއިއެކު،

ލަންކާގެ އިންޓަރނޭޝަނަލް ސްކޫލް ތަކުގެ ޗެމްޕިއަންކަން އިއްސެގެ ކޯޗު ކަމުގައި އެލީތިއާ ހޯދިއިރު، އިއްސެއަކީ ލަންކާގައި ދިވެހި ސަރުކާރުން ހިންގާ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމް.އީ.ސީ.ސީ) ނުވަތަ ސޯސަންވިލާގެ ފުޓްބޯޅަ ޓީމު ތަކުގެވެސް ހެޑް ކޯޗެވެ. އިއްސެގެ ކޯޗު ކަމުގައި ސޯސަންވިލާވެސް މީގެކުރިން ވަނީ ލަންކާގައި އޮތް ބަޔެއް މުބާރާތް ތަކުގެ ތަށި ހޯދާފައެވެ. ނަމަވެސް ނިމިދިގެންދިޔަ މުބާރާތަކީ ސޯސަންވިލާ ބައިވެރިވާ މުބާރާތެއް ނޫނެވެ.

ޗެންޕިއަންކަން ހޯދުމަށްފަހު އިއްސެއާއިއެކު ޓީމު އުފާފާޅުކުރަނީ

އިއްސެއަކީ ފުޓްބޯޅައިގެ އިތުރުން ބެޑްމިންޓަން ކޯޗެއްވެސް މެއެވެ. އޭނާ ވަނީ ރާއްޖޭގެ ކުލަބު ލެވެލްގައި ފުޓްބޯޅަ އާއި ބެޑްމިންޓަންވެސް ކުރިން ކުޅެފައެވެ. ލަންކާއަށް ދިރިއުޅުން ބަދަލުކޮށް، އޭނާ ވަނީ ލަންކާގައި ދިރިއުޅޭ ވަރަށްގިނަ ދިވެހި ކުދިންނަށް ފުޓްބޯޅަ އާއި ބެޑްމިންޓަންގައިވެސް ކޯޗު ކޮށްދީފައެވެ. އަދި ލަންކާގެ ބަޔެއް ސްކޫލް ތަކުގެ ކޯޗުކަން މީގެކުރިންވެސް އޭނާކޮށް ރަނގަޅު ކާމިޔާބުތަކެއް ހޯދައިދީފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިތާ
ހަސަދަވެރިން އަބަދުވެސް ތިބޭނެ ކިތަންމެ ރީތިނަމެއް ހޯދިޔަސް މަރުޚަބާ ކިޔުމުގެ ބަދަލުގާ ހަދަހަދާއިގެން ހަސަދަފިލުވާލާނީ
މ މަންނި
ތާރީހުގެ ތެރެއަށް މިހާތަނަށް ދިވެސެއް ފުޓުބޯޅަ ކޯޗުކަމުގެ ދަށުން ހޯދިފައިނުވާ ވަރުގެ ކާމިޔާބީއެއްމީ، އަތުގަ އެއްވެސް ލައިސަންސެއްނެތް، ކޯޗުކަން ކޮށްދިނުމުގެ ހުނަރުވެރިއެއް، އެފް އޭ އެމް ލަދު ގަނެބަލަ.
ާ ާެ އެފް އޭ އެމް
ވަރަށް ލަދުގަނެފި . އެހެންވޫމާ އިއްސެ އަށް ހުރިހާ ބާވަތެއްގެ ލައިސަންސެއް ދޭގޮތައް މި ނިންމީ
ފ ފިރާޒް .
ހޫން މަ ޖޭ ވީ. އޯކޭ ދޯ.
ފ ފިރާޒް
ހޫން މަ ޖޭ ވީ. އޯކޭ ދޯ.
ޓ ޓިމޮޓީ
1 ކިރު އިއްސެ ދޯ މީ. ޖޭ ވާ ވަރުގެ މީހެއްތަ ތީ.
މ މުހަންމަދު އިޔާޒް
ޖޭ ވިޔަސް ނުވިޔަސް ވަގެއް ވާނީ ވަގަކަށް
ނ ނައުބެ
މައްލާ ޖޭވީ ދޯ.. އިއްސެ ކޯޗް ސަލާމް ބުނި
ފ ފައިސަލް
ނައުބެ ބުންޏަސް ތީތެދެއް، މައްލާ މީ މުޅިއުމުރު ފުޓުބޯޅަކުޅެ އުޅޭމީހާޔޯ އަދި މިހާތަނަކަށް ހޯދި ކާމިޔާބެއްނެތް ގޯޅިކަންމަތީ މުބާރާތަކުންވެސްނެތް ހޯދިފައެއް.
ާ ާމައްލާ
އިއްސެ ކޯޗް ކޯޗު ކަންކޮއްދޭތާ 25ވަރަކަށް އަހަރު ވެދާނެ މަވަރަށް ރަގަޅަށް ދަންނަން އިއްސެ ކޯޗް ، މީހަކަށް ރީތި ނަމެއް ލިބުނީމަ ހަސަދަވެރި ވަނީ ، އެހެން މީހުންގެ ފަހަތުން ނުދުވެ އަމިއްލަ އަށް އުޅެވޭތޯ ބަލާ .
ޢ ޢަހަރެން
ވަރަށް ގިނަ ކުދިންނަށް ހިލޭ ސާބަހަށް ވެސް ކޯޗް ކަން ކޮއްދީފަ ހުރި ގިނަ ބައެއްގެ ރެސްޕެކްޓް ވެސް ލިބިފަ ހުރި ފަރާތެއް އިއްސޭ ކޯޗް އަކީ
ޢ ޢަހަރެނ
ވަރަށް ގިނަ ކުދިންނަށް ހިލޭ ސާބަހަށް ވެސް ކޯޗް ކަން ކޮއްދީފަ ހުރި ގިނަ ބައެއްގެ ރެސްޕެކްޓް ވެސް ލިބިފަ ހުރި ފަރާތެއް އިއްސޭ ކޯޗް އަކީ
ފ ފިރާޒް
ލަންކާގައި އުޅޭ ވަރަށް ގިނަ ދިވެހިން އަތުން ފައިސާ ނަގާފައި ކޯޗުކަން ކޮށް ނުދީ އަދި ފައިސާ ވެސް އަނބުރާ ނުދީ ފިލައިގެން އުޅޭ މީހެއް ތީ
ތ ތޯރިގު
މި ފިރާޒަކީ ލަންކާގައި ވަގުވިޔަފާރީ ހިންގުމާއި މީސްމީހުންގެ އަތުން ފައިސާނަގައިގެން ފިލާއުޅޭ މަދުމީހުންގެތެރެއިން މީހެއް.
1 12ތުނި
ޖޯރޭ ތިވިސްނަނީ ވަރަށް ހަނި ދާއިރާއަކުން 24 ގަޑިއިރު ވަޒީފާގަ އެއްވެސް ބޭފުޅަކު ނޫޅޭނެ ލިބޭވަގުތު އެފަދަ ޚިދުމަތެއްކޮށްގެން ރީތިނަމެއް ހޯދުން ބުއްދިވެރި
ޢ ޢަހަރެން
ވަރަށް ގިނަ ކުދިންނަށް ހިލޭ ސާބަހަށް ވެސް ކޯޗް ކަން ކޮއްދީފަ ހުރި ގިނަ ބައެއްގެ ރެސްޕެކްޓް ވެސް ލިބިފަ ހުރި ފަރާތެއް އިއްސޭ ކޯޗް އަކީ
ޖ ޖޯރޭ
އެމްބަސީގެ ވަޒީފާގަ ހުރެ އެހެން ވަޒީފާއެއް އަދާކުރީމަވެސް ހަމަ މޮޅީދޯ