އުތުރުގެ ރަށެއްގައި އުރުމުން 12 އަހަރުގެ އަންޖެހުން ކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރަމުންދިޔަ މުދިމަކު ހައްޔަރުކޮށް ފިއެވެ.
ޖިންސީ ގޯނާ ކޮށްފައިވަނީ އެކުއްޖާގެ ދޮންބައްޕައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމައްސަލަ ޖެންޑަ މިނިސްޓްރީއަށް ހުށަހަޅިތާ ދުވަސްތަކެއް ފަހުންނެވެ. ބެލެވޭ ގޮތުގައި މިމައްސަލައި އެ ފިރިހެންމީހާ ހައްޔަރުކޮށްފައިވަނީ މިމައްސަލަ ޖެންޑަރ މިނިސްޓްރީން ފުލުހުންނަށް ހުށަހެޅުމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުތުރުގެ ރަށެއްގައި 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ މައްސަލައެއް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން އިއްޔެ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ޖިންސީ ގޯނާގެ މައްސަލަތަކީ ކަމާއިބެހޭ ފަރާތްތަކުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގް ކުރަމުންދާ މައްސަލަތަކެކެވެ. އަދި މިފަދަ މައްސަލަތަކުގައި ފެވޭ އަދަބުވެސް ވަނީ ދާދިފަހުން ބޮޑުކޮށްފައެވެ.
ކޮމެންޓު ފޮނުވާ