ޕީޖީ ލީޑަރު އަސްލަމްގެ ތާޢީދު ފައްޔާޒަށް

ޕީޖީ ލީޑަރު އަސްލަމްގެ ތާޢީދު ފައްޔާޒަށް

Author
މުޙައްމަދު ޖިމީ
03 މާރޗް 2022 08:56
0

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ ތާޢީދު އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލަށް ކުރުމަށް ނިންމައިފިއެވެ.

ރައީސް ޞާލިހާއިވެސް އަރިސް ބޭފުޅެއްކަމަށްވާ އަސްލަމް ފައްޔާޟަށް ތަޢީދުކުރަން ނިންމާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ފައްޔާޟަށް ތަޢީދުކުރަން ނިންމީ އެމްޑީޕީ ކުރިއަރުވައި ކާމިޔާބު ޕާޓީއަކަށް ހެދުމަށްޓަކައިކަމަށެވެ. މިނިސްޓަރ ފައްޔާޟްގެ ކިބައިގައި އެ ޤާބިލްކަމާއި ކެރުމާއި ހުނަރު އެބަހުރިކަމަށާއި، ފައްޔާޟަކީ ވަރުގަދަ ލީޑަރެއްކަން ސާބިތުކޮށްދީފައިވާކަމަށެވެ.

އަންނަ މަހުގެ 16ގައި ބާއްވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ދެން ވާދަކުރައްވަނީ އެޕާޓިގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

މި އިންތިޚާބުގެ ފޯރިގަދަވެ ވާދަވެރިކަން އިތުރުވެ، ދެ ފެކްޝަންގެ ބޭފުޅުން ގެންދަވަނީ ބަހުގެ ހޫނު ރައްދުތަކެއް ދެއްވަމުންނެވެ. ޗެއަރޕާސަން އިންތިޚާބުގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާއިރު، ދެބޭފުޅުންވެސް ވަނީ ކެމްޕެއިންގައި މިއަދު އައްޑުއަށް ވަޑައިގެންފައެވެ.

ފައްޔާޟަށް އެމްޑީޕީގެ ބައެއް ފަރާތްތަކުން ދަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަރްޔަމް
އެންއޮތ ތާނކަހަމަހަދުއަންނެން