ކޮންޓެއިނާ ޕާކް ރޯދައިގެ ކުރިން ނިންމަނީ

ކޮންޓެއިނާ ޕާކް ރޯދައިގެ ކުރިން ނިންމަނީ

ހުޅުމާލޭގައި ހަދާ ކޮންޓެއިނާ ޕާކް ރޯދަ މަހުގެ ކުރިން ނިންމަން އަމާޒު ހިފާފައިވާކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފިއެވެ.

ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ހަދާ މި ޕާކް ތަަރައްގީކުރަނީ ބޭނުން ނުކޮށް ދޫކޮށްލައިފައި ހުންނަ ކޮންޓެއިނަރުތައް ބޭނުންކޮށްގެންނެވެ. އަދި މި ޕާކުގައި ކެފޭ، އެގްޒިބިޝަން ސްޕޭސް އަދި ތަފާތު މަސައްކަތްތައް ކުރުމަށް ކޯ ވޯކިން ސްޕޭސްއެއްވެސް ވަނީ ހިމަނާފައެވެ.

އެޗްޑީސީން ބުނީ އެ ޕާކް ރޯދަމަހުގެ ކުރިން ނިމޭނެ ކަމަށާއި އަދި އެތަން އާއްމުނަށް ހުޅުވާލުމުގެ އެއްމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށެވެ.

އެޗްޑީސީން ބުނީ މި ޕާކާއެކު އާއްމުކޮށް މީހުން ޒިޔާރަތްކޮށް މަސައްކަތުގެ މަހައުލުގައި އަހުލުވެރިވުމާއި ހިތްހަމަޖެއްސުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އެގޮތުން މި ޕާކްގެ އެގްޒިބިޝަން ސްޕޭސްގައި ފަންނުވެރި ކަމުގެ މަސައްކަތްތައް މަޢުރަޒުކޮށް ދައްކާލުމުގެ ފުރުޞަތު ލިބިގެން ދާއިރު، ތަފާތު މަންސަތައް ފަދަ ހަރަކާތްތައް ބޭއްވުމަށް ހުޅުވާލެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ޕާކުތަކަށް އެކި ހަރަކާތްތައް ހިންގައި މަސައްކަތް ކުރުމަށް ގިނަ ފުރުޞަތުތަކެއް ފަހިވެގެން ދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *