މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން ދަނީ ޅ. ނައިފަރު/ ޑޭޒީހިޔާ، އުމުރުން 23 އަހަރުގެ އަޙްމަދު ވިއާމްއެވެ.
ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ފުލުހުން މިއަދު ބުނެފައިވަނީގެއްލިގެން ހޯދަމުންދިޔަ އަޙްމަދު ވިއާމް (23އ) ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
ގެއްލިގެން ހޯދަމުންދިޔަ ޅ. ނައިފަރު / ޑޭޒީހިޔާ، އަޙްމަދު ވިއާމް (23އ) ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައި. މީހާގެ ހާލު ރަނގަޅު.
— Maldives Police (@PoliceMv) February 27, 2022
އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ