ހިންނަވަރު ބަނދަރުގެ ދެކުނުފަރާތުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިމިފަިއވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ އުތުރު ފަރާތުގައި އެއްގަމު ތޮށި ލުމަށްޓަކައި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތެވެ. އަދި މިހާރު ބަނދަރުގެ ދެކުނުފަރާތުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ވަނީ މިހާރު ފުރިހަމަކުރެވިފަކަމަށް އެމްޓީސީން ބުނެފައިވެއެވެ.
ޅ.ހިންނަވަރު ބަނދަރުގެ ދެކުނުފަރާތުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ވަނީ މިހާރު ފުރިހަމަކުރެވިފަ. މިހާރު ކުރިއަށްދަނީ ބަނދަރުގެ އުތުރު ފަރާތުގައި އެއްގަމު ތޮށި ލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް.#MTCCProjects #RayyithungeKunfuni pic.twitter.com/ZMbOyWMpVw
— MTCC Plc (@MTCCPlc) February 22, 2022
ހިންނަވަރުގައި ތަރައްޤީކުރާ އާ ބަނދަރަކީ 162 މީޓަރު ދިގު 47 މީޓަރުގެ ފުޅާ ބަނދަރެކެވެ. މަރާމާތު ކުރާ ބަނދަރާ އަލަށް ހެދުމަށް ނިންމާފައިވާ ބަނދަރާ އެކު ޖުމްލަ 653 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށްޓެއް ލާނެއެވެ. މިމަސައްކަތް ކުރާ އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 123 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ބޭރު ތޮށްޓެއްލުމާއި، ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން ބަނދަރު ހިމެނޭ ސަރަހައްދުގެ ބިން ހިއްކާ، ރިވެޓްމަންޓް ޖެހުމާއި، ބަނދަރު ބައްތިޖެހުމާއި ބަނދަރު ވަށައިގެން ޕޭވްމަންޓް ޖެހުމަށް ހަމަޖެހިފައިވާކަމަށެވެ.
މި މަޝްރޫއަށް 99.5 މިލިއަން ރުފިޔާ ޚަރަދުވާއިރު މި މަސައްކަތް 350 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
ކޮމެންޓު ފޮނުވާ