ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅަށްފަހު ހުކުރު ދުވަހު ޅ.އަތޮޅުގެ 6 ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅާއި ގުޅޭގޮތުން ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓުގައި ވިދާޅުވީ މި ފެބުރުވަރީ މަހުގެ 18 އިން 20 އަށް ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
މި ދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
– މަޑިވަރު
– ހިންނަވަރު
– ފެލިވަރު
– ނައިފަރު
– އޮޅުވެލިފުށި
– ކުރެންދޫ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގެ އެކުރަށްތަކަށް ދަނީ ވަރަށް ގިނައިން ވަޑައިގެން ރައްޔިތުންގެ ހާލު އޮޅުންފިލުވަމުންނެވެ.
ކޮމެންޓު ފޮނުވާ