އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ ތަޢުޒިޔާގެ ދަފްތަރުގައި ޝުކޫރު ސޮއިކުރައްވައިފި

އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ ތަޢުޒިޔާގެ ދަފްތަރުގައި ޝުކޫރު ސޮއިކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
14 ފެބްރުއަރީ 2022 03:54
0

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ކުރީގެ ޗެއާމަން އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ ހަނދާނުގައި ސްޓެލްކޯގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބުދުލްޝުކޫރު ސޯލިހު ސޮއިކުރައްވައިފިއެވެ.

ޝުކޫރަކީ އަލްމަރުޙޫމް މުހައްމަދު ރަޝީދާއެކު ގިނަ ދުވަސްތަކެއް ވަންދެން ސްޓެލްކޯއަށް ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ ހަނދާނުގައި ސްޓެލްކޯގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ސޮއިކުރައްވާފައެވެ.

ތަޢުޒިޔާގެ މިދަފްތަރުގައި ސްޓެލްކޯގެ ސްޓާފުންނާއި، ސަރުކާރުގެ އެކި ވުޒާރާތަކުގެ ބޭފުޅުންނާއި، އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ވަނީ ސޮއިކުރައްވާފައެވެ.

އަލްމަރްހޫމް މުޙައްމަދު ރަޝީދުވަނީ ސްޓެލްކޯގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ. މާލޭ އިންޖީނުގެ ގޭގެ އެންމެ އާދައިގެ ވަޒީފާއަކުން ޚިދުމަތާ ގުޅިވަޑައިގެންނެވުމަށް ފަހު ސްޓެލްކޯގެ އެކި މަޤާމުތަކުގައި ޚިދުމަތްކުރައްވައި އެންމެ ފަހުން ހުންނެވީ ސްޓެލްކޯގެ ޗެއާމަންގެ މަޤާމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.