އިމްރާނާއި، ސީޕީ ހަމީދަށް ފިޔަވަޅު އަޅަން އަދިވެސް ނުވޭތޯ؟: ނިހާދު

އިމްރާނާއި، ސީޕީ ހަމީދަށް ފިޔަވަޅު އަޅަން އަދިވެސް ނުވޭތޯ؟: ނިހާދު

އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވި ގިނަ ދުވަސްތަކެއް ވާތީ ޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށާއި، މިކަމުގެ ޒިންމާ އުފުލަންތިބި ހޯމް މިނިސްޓަރ އިމްރާނާއި، ސީޕީ ހަމީދަން ފިޔަވަޅު އަޅަން ނުވެތޯ ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު ސުވާލު ކުރައްވައިފިއެވެ.

ނިހާދު މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް އިދިކޮޅު ކޯލިޝަނުން މުޅި ރާއްޖޭގައި ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވި އެހަރަކާތް ފުޅާވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައެވެ. ނިހާދު ވިދާޅުވީ މިހަރަކާތުގެ ސަބަބުން ގެއްލުންވަނީ ޤައުމަށް ކަމަށެވެ. ޤައުމުގެ އިޤްތިޞާދާއި، ހަމަޖެހުން ނަގާލުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރުވެސް އެކަމުގެ ޒިންމާ އުފުލަން ތިބި ފަރާތުން ހަމަހިމޭނުން ތިބުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ.

މިހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ބޮޑު ބިރަކަށްވާއިރު، މިކަން ހުއްޓުވުމަށް ޒިންމާ އުފުލަން ތިއްބެވި ހޯމް މިނިސްޓަރ އިމްރާނާއި، ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފިޔަވަޅު އަޅަން ނުވޭތޯ ނިހާދު ވަނީ ސުވާލު ކުރައްވާފައެވެ.

ކޮން ޤާނޫނެއް ޤަވާއިދެއް ނެތިގެންތަ ފިޔަވަޅު ނޭޅިގެން އުޅެނީ! ޤައުމެއް ފަސާދަ ކުރަން ފުރުސަތު ދީގެން ތިބި ކަމިޝަނަރ އާއި ހޯމް މިނިސްޓަ އަށް ފިވަޅު އަޅަން ނުޖެހޭބާ؟ އެ ހިންގާ ކަމަކީ ޓުވަރިޒަމް ހުއްޓުވުމަށް ރާވައިގެން ހިންގާ ކަމެއް.! އިޤްތިޞާދު ފުނޑާލަން މަސައްކަތް އެކުރަނީ.

– ނިހާދު ވިދާޅުވިއެވެ.

ނިހާދު މިހެން ވިދާޅުވިއިރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުންވަނީ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. އަދި މިޤާނޫނު މަޖިލީހަށް ހުށަހެޅުމަށް މިހާރު ތާއީދު ލިބިފައިވާއިރު، ބިލިއެކުލަވާލައި މަދައުރުގައި މަޖިލީހުން ފާސް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ އިއްޔެވެސް ރ.އަތޮޅު މީދޫގައި "އިންޑިއާ އައުޓް"ގެ ބޮޑު ހަރަކާތެއް ބާއްވާފައެވެ. އިދިކޮޅު ލީޑަރު ރައީސް ޔާމީން ބައިވެރިވި މި ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުންވަނީ އިންޑިއާ އައުޓްގެ ބެނާތަކާއި ޓީޝާޓާއިއެކު ނިކުމެ އަޑު އުފުލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ބަލަ ނިހާދު ކަލޭދެލޮލަށާއި ސިކުނޑިއަށް ތިވަނީ ވާރޭގޮރު އެޅިފަތަ ކަލެއަށް އެއްޗެށް ނުވިސްނިގެން ތިޔައުޅެނީ ބޭރުގައުމެށްގެ ސިފައިންނަ ދިވެހިގައުމު ދީގެން ގައުމުގެ މިނިވަން ކަމާއި އިސްލާމް ވަންތަކަމާއި އިސްތިގުލާލު ގެއްލިގެން ދާތީ ދިވެހިގައުމު ދެކެލޯބިވާ މީހުން އެއުޅެނީ އަޑިނޭގޭ ލިއުންތަށް ހަދާއިގެން ގައުމު ވިއްކާ ލޫޓުވަމުން ދާތީ ރައިޔަތުން މިއުޅެނީ މިކަންތަށް ފުރުވުމަށް ޓަކާ އަމުނުއަމާން ކަމޭ ޓުވަރިޒަމޭ ފޯކޭ ތިކިޔަނީ ހުރެގެން. ބަލަމިހާތަނަށް ވެސް މިގައުގެ މިނިވަންކަމާއި،ޓުވަރިޒަމް ބޮއިކަޑު ކުރުމަށް މަސަށްކަތް ކޮއްފާ ތިބީވެސް ބުދިސްޓުންނަށް ތާއިދުކުރާ ތިޔަދެފުށް ކެހެރި އާލާތުން އެކަން މިގައުމުދެކެ ލޯބިވާކޮށްމެ ރައިޔަތަކުވެސް ދަނެ ގަބޫލު ކުރޭ އެގިށްޖެތަ ފޭދޫ މީހާ.

  2. ނިހާދެއްނޫން މައްސަލައަކީ! މައްސަލައަކީ ފޭދޫ ރައްޔިތުން. ނިހާދު ކަހަލަ ގަމާރެއް ހޮވިކަން.

Leave a Reply

Your email address will not be published. Required fields are marked *