އައުޓް ކުރަން ގޮވާ އެއްޗެއް ސާފެއްނޫން، މިކަމުން ވަނީ ސަލާމަތަށް ނުރައްކާ: އިމްރާން

އައުޓް ކުރަން ގޮވާ އެއްޗެއް ސާފެއްނޫން، މިކަމުން ވަނީ ސަލާމަތަށް ނުރައްކާ: އިމްރާން

Author
މުޙައްމަދު ޝަޒައިމް
09 ފެބްރުއަރީ 2022 07:50
0

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް"ކެމްޕޭނުގެ ސަބަބުން ޤައުމުގެ ދާޚިލީ ސަލާމަތަށް ނުރަނގަޅު އަސަރު ފޯރުން ބޮޑުކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. އިމްރާން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ އިދިކޮޅުން ކުރަން ބޭނުންވި ކަންކަން ސަރުކާރުގެ ތެރެއިން ނުކުރެވިގެން އަވަށްޓެރި ގައުމުތަކާ ޖެހިގަނެ ސަރުކާރަށް ދަތިކުރަން ކުރިއަށް ގެންދާ ހަަރަކާތެއް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ. އަދި އިދިކޮޅު ޕާޓީ ތަކުން ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރި ނަމަ އެކަމާ ދެކޮޅަށް އަޑުއުފުލާ ހިޔާލުފާޅުކުރުމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމުގައި ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ މި ޙަރާކަތް ހިންގާއިރު މުޅި ރާއްޖެއާ ގުޅުންހުރި ގިނަ ކަންކަން އިންޑިއާއާ އެކުގައި ހިނގަމުންދާކަމަށެވެ. ރާއްޖޭގައި އެތަކެއް ޑޮކްޓަރުންނާއި ނަރުހުންނާއި މުދައްރިސުން ތިބިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ރާއްޖޭގައި ތިބި އިންޑިއާގެ ޚިދުމަތްތެރިންނަށް އިންޒާރުލިބޭ ހިސާބަށް ދާކަމަށެވެ.

ސޯޝަލް މީޑީއާގައި ކަންކަން ކުރާ ގޮތުން، ވަރަށް ސާފުގޮތެއްގައި އިންޒާރުދީ އަނިޔާވެރިކަމަށް ގޮވާލެވޭގޮތަށް ކަންކަން އެބަކުރޭ. މިއީ ރައްޔިތުންނަށް ލިބިދާނެ ވަރަށްބޮޑުނިކަމެތިކަމެއް.

– ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މި މައްސަލަ ދިރާސާކުރުމާ ބެއްވި ފުރަތަމަ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރާއްޖެއާއި ބައިނަލްއަޤްވާމީ ގުޅުން ޤާއިމްކޮށްފައިވާ ޤައުމުތަކާ އިދިކޮޅަށް އިންތިޒާމްވެގެން ރާއްޖޭގައި ހަރަކާތް ހިންގައިފިނަމަ އޭގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކީ ކޮބައިތޯ ދެނެގަންނަން ޖެހޭކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ވަކި ޤައުމަކަށް ނުވަތަ ވަކި ޝަހުސިއްޔަތަކަށް ފާޑުކިޔުމަކީ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް ދިވެހިންގެ ބަޔަކު އިސްވެ ވަކި ޤައުމަކާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަކީ އެކަމުގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއްކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތަށް ނުސީދާކޮށް ޖޯކު ޖައްސަވަމުން އިމްރާން ވިދާޅުވީ އެ ހަރަކާތުގައި "އައުޓް ކުރަން ގޮވާ އެއްޗެއް ސާފު ނުވާ" ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައުޓޭ
އައުޓްވާއެއްޗެއްއެނގޭނީީ އިމްރާނައްް ވައިރަލްވެގެންއުޅޭޭ ވީޑިއޯއެއްގާާ އަންހެނަކުު އިމްރާއާއެކުު ހިގަމުންް އިމްރާންް އައުޓްކުރާވާހައެއްް ގޮވަމުންދާތަންފެންނަކަމައްް ބުނެއުޅޭއަޑުވެސްް އަހަޔޯޯ
ރ ރައްޔުތުމީހާ
މިދެން ހާދަ އެދުންބޮޑު މީހެކޭދޯ ވާއެއް ނުވާއެއް ނޭގިގެން މުޅެނީ ހަމަގިމުވެސް އެކައްޗެއިގޭނެ އެކަމަކު އެއީ ބޮޑު ސިއްރެއް
ކ ކަތުންނޭ
މަޖިލީހަށް މައްސަލަވައްދާއިރުވެސް އައުޓްވާން ޖެހެނީ ކޮންބައެއްކަން ނޭނގޭ ގަމާރުން އަދިވެސް މިގައުމުގައި އެބަތިތަ ނޭގޭނަމަ އަޑުއަހާ އައުވާން މިގިވަނީ އިންޑިޔާ ސިފައިން އެގިއްޖެތަ
ކ ކަތުންނޭ
އިއީހަމަ މަގާމުގެ ދަހިވެތިކަމުގައި ހުރި ގަމާރެއްތަ
ރ ރައްޔުތުމީހާ
އައުޓްވާންވީ އެއްޗެއްނޭގޭނަމަ މަގާން އިސްތިއުފާ ދީފަ އިމްރާން އިންޑިޔާއަށް އައުޓްވަން މިގިވަނީ އިގިއްޖެތަ
1 123321
މި އީ ހާދަބޮޑާ ކިބުރުވެރިމީހެކޭ، ރަތްޔިތުން ބުނެދޭނެ އެކަން ވ އަވަހައް، އިންތިޒާރު ކޮއްލާ